މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބެހެއްޓުމަށް ފަޔަރ ފައިޓިންގ ޕަމްޕް ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކޮށް އަދި ކަމިޝަންކޮށްދޭނެ ފަރާތެއް ހޯދުން. (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

    މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީސް އިމާރާތުގައި ބެހެއްޓުމަށް ފުރިހަމަ ފަޔަރ ފައިޓިންގ ޕަމްޕް ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކޮށް އަދި ކޮމިޝަންކޮށްދޭނެ ފަރާތެއް ހޯދުމަށް  12 ފެބުރުވަރީ 2026 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/13 އިޢުލާނާއި އެއްކަރުދާސް ކުރެވުނު މަޢުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ، 12 ފެބުރުވަރީ 2026 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/13 އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

    ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

    ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2026
ހޯދާ