ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އީ.އެސް.ޖީ އެންޑް ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލްސް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު

މި އޮތޯރިޓީ އާއި ޔޫ.އެން.ޑީ.ޕީ (UNDP) ގުޅިގެން އިންތިޒާމްކުރާ، "އީ.އެސް.ޖީ އެންޑް ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލްސް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 މި ޕްރޮގްރާމަކީ 3 ދުވަހަށް ބާހާލައިގެން ކުރިއަށްދާ، އެންވަޔަރަންމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (ESG) އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ޢަމަލީ ޢިލްމު އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމާ ގުޅޭ މުހިންމު މަޢުލޫމާތު:

 ޕްރޮގްރާމްގެ ނަން:

 އީ.އެސް.ޖީ އެންޑް ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލްސް ޕްރޮގްރާމް

 ތާރީޚް:

 7-9 ސެޕްޓެމްބަރ 2026 |  ފޭސް-ޓު-ފޭސް

 ޓާރގެޓް އޯޑިއަންސް:

 ފައިނޭންސް ނުވަތަ ތިމާވެށީގެ ދާއިރާއިން ތަޢުލީމީ ނުވަތަ މަސައްކަތުގެ ތަޖުރިބާ   ލިބިފައިވާ ފަރާތްތައް

 ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް:

 30 އޯގަސްޓް 2026

 ޖާގަ:

 30

 މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމ ފުރިހަމަކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3014110 އަށް ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2026
ހޯދާ