ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)                     

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކު: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1

މުސާރަ: -/3،950 ރުފިޔާ                        

ސަރވިސް އެލަވަންސް: -/1،050 ރުފިޔާ               

ވަޒީފާ އޮތް އޮފީސް: ކުނބުރުދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ކުލާސްތައް ކުނިކަހައި ފޮޅައި ސާފުކުރުން.

2. ސްކޫލުގެ ބޮޑުމަގާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން.

3. ސްކޫލުގެ ފާޚާނާތައް ސާފުކޮށްް ބެލެހެއްޓުން.

4. ޑިއުޓީ ވަގުތުތަކުގައި ސްކޫލުން ބޭރަށް ގެންދަންޖެހޭ ތަކެތި ބޭރަށް ގެންދިއުން.

5. ސްކޫލުގެ އެކިއެކި މީޓިންގތަކަށާއި ޙަފުލާތަކަށް ތަން ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠު:

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއ،ި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި، އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތާއި ތަން އަންގައިލާނަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ގަޑީގައި ކުނބުރުދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީީ 24 ވާ ބުދަ ދުވަހު 14:00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680842 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ