މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރިންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

އޮފީސް:

އއ. މަތިވެރި ސްކޫލް

މުސާރަ:

-/3،875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

 

މަޤާމުގެ ޝަރުޠު:

1. މަގާމަށް  ބޭނުންވާ  ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއިއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަގާމުގެ މަސައްކަތާ ގުޅޭ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ޕްރިންޓްކުރުމުގެ މަސައްކަތް:

ހ- ޓީޗަރުން ދެއްވާ ވާރކްޝީޓާއި ޓެސްޓްޕޭޕަރުތައް، ހަމަޖެހިފައިވާ ޤަވާއިދުތަކުގެމަތީން ޕްރިންޓްކުރުން.

ށ- އެއްވެސް އެކަޑަމިކް ސްޓާފަކަށް، މަތީގައިވާ ޤަވާޢިދާ ޚިލާފަށް އެއްވެސް އެއްޗެއް ޕްރިންޓްކޮށް ނުދިނުން.

ނ- ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޕްރިންޓްކޮށް ނިންމާފައި ހީރަސްޖަހަންޖެހޭ އެއްޗެއްނަމަ ހީރަސްޖެހުމަށްފަހު، ސެޝަން އިންޗާޖާ ނުވަތަ ލީޑިންގ ޓީޗަރާ ރައްކާތެރިކަމާއެކު ހަވާލުކުރުން.

ރ- ޕްރިންޓް ރޫމަކީ ތަފާތު ކުލާސްތަކުގެ ވާރކްޝީޓާއި ޓެސްޓް ޕޭޕަރު ބެހެއްޓިފައިވާ ތަނަކަށްވުމުން، އެކަމާ ނުގުޅޭ ފަރާތްތައް ޕްރިންޓިންގ ރޫމަށް ވަނުމަށް ހިތްވަރުނުދިނުމާއި، ގޮވައިގެން ގޮސް ވާހަކަދައްކަން ނުތިބުން.

ނ- އެއްވެސް ސްޓާފަކު ނުވަތަ އެހެންފަރާތަކުން އެމީހެއްގެ އަމިއްލަ އެއްޗެއްގެ ފޮޓޯކޮޕީ ނަގަން ބޭނުންނަމަ، ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތެއްގެ ހުއްދަ ހޯދައި، ދެއްވާ އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރުން.

ރ- ޕްރިންޓްކުރަންޖެހޭ އެންމެހައި ތަކެތި ޕްރިންޓްކުރުމާއި، ހީރަސްޖެހުމާއި، ބަންޑްލްކުރުމާއި، ލެމިނޭޓްކުރުމާއި، ބައިންޑްކުރަންދޭ ތަކެތި ބައިންޑްކޮށް، ލީކްނުވާނެގޮތަކަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ބ. ޓެސްޓް ޕޭޕްރުތައް ޕްރިންޓްކުރާނަމަ، ބޭނުންވާވަރަށްވުރެ އިތުރަށް ކުރެވިފައިވާ ކަރުދާސްތަކާއި، ސްޓެންސިލްތައް ޕްރިންޓްކޮށް ނިމުމާއެކު، އެވަގުތު އެކަމާ އެންމެ އިސްކޮށްއުޅޭ މުވައްޒަފަކު އެތަކެތި އަންދައިލުން.

ޅ- ޕްރިންޓްކުރުމުގެ  މަސައްކަތާ  ގުޅިގެން  ހޯދަންޖެހޭ  ތަކެތި  ހުސްވުމުގެ  ކުރިން  އެކަށީގެންވާ  މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ކުރިއަށް) އޮއްވައި، އެ ތަކެތި ހޯދުމަށް އިދާރާއަށް ރިކުއެސްޓްކުރުމާއި، ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.

ކ- ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގުތަކެއް ހަދައި، އެތަކެތި ބޭނުންކުރުމާއި، މިކަމާ ގުޅިގެން ސްކޫލުގެ އިސްވެރިން ބޭނުންވާ އެންމެހައި މަޢުލޫމާތު ޤަވާއިދުން ދިނުން.

2. ޕްރިންޓް ރޫމާއި މެޝިނަރީޒްތައް ސާފުކޮށް ބެލެހެއްޓުން:

ހ- ޕްރިންޓްކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓުތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތުކޮށް، ސްކޫލުގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަކަށް ކަންކަން ރާވައި ބެލެހެއްޓުން.

ށ- މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމަކީ ޕްރިންޓަރަށް ޙައްލުނުކުރެވޭކަމެއްކަމުގައިވާނަމަ، އެކަން ޕްރިންސިޕަލަށް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތަކަށް އަންގައި، އަވަސް ފުރުޞަތެއްގައި މެޝިން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

ނ- ޕްރިންޓިންގރޫމް ސާފުކުރުމަށް ހަވާލުވެފައިވާ މަސައްކަތުމީހާ ލައްވައި ޤަވާއިދުން އެކަން ކުރުވުން. މިގޮތަށް، އެކަން ކުރިއަށް ނުދާކަމުގައިވާނަމަ، ކަޑައެޅިފައިވާ މުވައްޒަފަށް މިކަން އެންގުން.

ރ- ސްކޫލުން ބޭރަށްދާ ވަގުތުތަކުގައި ޕްރިންޓް ރޫމް ތަޅުލުން.

3. އެހެނިހެން ކަންތައްތައް:

1. ސްކޫލުތެރޭގައި އުޅޭއިރު ދަރިވަރުންގެ ފަރާތުން ފެންނަ ތަފާތު އަޚުލާޤީ މައްސަލަތައް ޙައްލުކުރުމަށް ނަސޭހަތް ދިނުމާއި، އެކަމާބެހޭ ބޭފުޅަކަށް އެންގުން.

2. ސެޝަން އިންޗާޖަށާއި ލީޑިންގ ޓީޗަރުންނަށް އެބޭފުޅުން އެދިލައްވާ އެހީތެރިކަން ފޯރުކޮށްދިނުން.

3. މި ސްކޫލުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި، މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން.

4. ސްކޫލުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި މި މަގާމުގެގޮތުން ކުރެވޭ އެންމެހައި ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުން.

5. ސްކޫލު ހިންގުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ސްކޫލުން އަންގައިލުމުން (ބަންދު ދުވަހެއްކަމުގައިވިޔަސް) ސްކޫލަށް ހާޒިރުވުން.

6. ހަވާލުކުރެވޭ މަސައްކަތެއްގެ ބާވަތުން ރަސްމީ ގަޑީގައި އެ މަސައްކަތެއް ނުނިމުނުކަމުގައިވިޔަސް، އިތުރު ވަގުތުގައި އެ މަސައްކަތްތައް ކޮށްނިންމުން. މިގޮތަށް މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއްގައި، އެ މަސައްކަތެއް ކުރުމަށް ސްކޫލުގެ އިސްވެރިޔާ ނުވަތަ ކަނޑައަޅާފައިވާ ފަރާތުގެ ހުއްދަ ހޯދުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ މަތިވެރީ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝަޢުޤުވެރިކަންހުރި މިންވަރު.
  • އުމުރުން 55 އަހަރު ނުވާ މީހަކަށްވުން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއުއާއި  ޕްރެކްޓިކަލްސް  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ، މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 66600816 ނަންބަރު ފޯނާއެވެ.

1 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ