ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕަށް މުވައްޒަފުން ހޯދުން:

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ހޯދަން ވަނީ ބޭނުންވެފައެވެ.

މަޤާމު:

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

5 (ފަހެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް:

ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/2،000 ރުފިޔާ

މަޤާމުގެ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިހުރި މީހަކަށްވުން.

 

 

 

 

 

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިސްކިތު ގޯތި (1) މަގާއެކު ސާފުކޮށް ބެލެހެއްޓުން.

2- މިސްކިތު ގޯތި (2) މަގާއެކު ސާފުކޮށް ބެލެހެއްޓުން.

3- ރަތަފަންދޫ ވަލުމިސްކިތުގެ މަގު ސާފުކޮށް ބެލެހެއްޓުން.

4- ރަތަފަންދޫ އަތިރިމަތީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

5- ރަތަފަންދޫ ޖެޓީގެ އުތުރުން ހަދާފައިވާ ހުރަސްފަސްގަނޑު ސާފުކޮށް ބެލެހެއްޓުން.

6- ރަތަފަންދޫ އަމީނީމަގުގެ އިރު ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

7- ރަތަފަންދޫ އަމީނީމަގުގެ ހުޅަނގުކޮޅުން ދިރާގުސައިޓުގެ ކުރިމަތީ މަގުގެ އަނެއްފަރާތް ސާފުކޮށް ބެލެހެއްޓުން.

8- ރަތަފަންދޫ ފުޓްބޯޅަ ދަނޑުގެ މަގުތައް ސާފުކޮށް ބެލެހެއްޓުން.

9- ރަތަފަންދޫ ޗަނބޭލީ މަގުގެ ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

10- ރަތަފަންދޫ މަންޒިލްމަގުގެ އިރުދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

11- ރަތަފަންދޫ ނަސީމީ ހިނގުމުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

12- ރަތަފަންދޫ އައްސޭރި ހިނގުމުން ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

13- ރަތަފަންދޫ އަންބަރީމަގުގެ ދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

14- ރަތަފަންދޫ ނަރުގިސްމަގުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

15- ރަތަފަންދޫ ބީޗްރޯޑުގެ އިރުދެކުނުކޮޅުން ގޯތިތައް ނުހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

16- ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ފޮނުވާ ސިޓީ.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯން ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއެއްގައިއުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ވީއްލުމާމެދު  އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 މާރިޗު 2 ވާ ބުދަވަހުއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

  2 ޖުމާދަލްއޫލާ 1437

 

11 ފެބުރުވަރީ 2016
ހޯދާ