ދިވެހިރާއްޖެ
މި ކައުންސިލުން 2026 ވަނަ އަހަރު ސެޕްޓެންބަރު ފަހުކޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޭސްޓްރީ ކޯސް، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަންހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތްކުރުމަށް ބީލަންހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން " ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް " ފުރުއްވުމަށްފަހު، މިއިދާރާގެ އީމެއިލް ([email protected]) އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރެއްވުމަކީ ރަޖިސްޓްރީވާ ފަރާތުގެ ޒިންމާއެކެވެ.
|
ރަޖިސްޓްރީ ކުރުން: |
30 އޮގަސްޓް 2026 ގެ 13:00 އާއި ހަމައަށް |
|
ބީލަން ބަލައިގަތުން : |
31 އޮގަސްޓް 2026 ގެ 13:00 ގައި މިއިދާރާގައި |
ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަންތައް ހުޅުވުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިއިޢުލާނާއެކު "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ، "ބީލަން ހުށަހަޅާފޯމް" އަދި މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6760042 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
