މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު ޢާންމު ކުރުމާގުޅޭ:
މި ކުންފުނިން 2026 ޖޫން 15 ވަނަ ދުވަހު ޢާންމުކޮށްފައިވާ ނަންބަރު MTCC-CSD/IU/2026/0363 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
މި ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 01 ވަނަ ކުއާޓަރގެ މާލީ ހިސާބާއި ރިޕޯޓު، 2026 އޮގަސްޓު 20 ވަނަ ދުވަހުގެ ކުރިން ކުރިން ޢާންމުކުރާނެ ކަމަށް ވަނީ އަންގާފައެވެ. ނަމަވެސް، ކުންފުނީގެ މާލީ ހިސާބުތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީ، މާލީ ހިސާބު ޢާންމުކުރާ މުއްދަތު 2026 އޮގަސްޓް 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
24 އޮގަސްޓް 2026
ހޯދާ
