ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
1 (އެކެއް) |
ބޭނުންވާ އަދަދު |
188-OD/22/2016/09 |
މަޤާމުގެ ނަންބަރު: |
ސްޕޯޓް ސުޕަވައިޒަރ |
މަޤާމު: |
ކ. ގުރައިދޫ |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
ގުރައިދޫ ސްކޫލް |
އޮފީސް: |
ސަރވިސް އެލަވަންސް |
މަޤާމުގެ އަސާސީ މުސާރަ |
ޝަރުޠު |
ކްލެސިފިކޭޝަން |
ރޭންކް |
މަޤާމް |
-/1،500 ރުފިޔާ |
-/5،020 ރުފިޔާ |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ"ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާކުން 2 މާއްދާއިން ދަށްވެގެން "ޑ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އޮފިސަރ ގްރޭޑް 2 |
ޖީ. އެސް. 4 |
ސްޕޯޓްސް ސުޕަވައިޒަރ |
1- ސްކޫލުގެ ސެސަނަށް ހާޒިރުވެ، ގަޑިޖެހުމުގެ ކުރިން ފިންގަރ ޕްރިންޓް ޖެހުން. 2- ކުޅިވަރުގެ ކަންތައްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކަށް ކުދިން ތައްޔާރުކުރުން. 3- ކުޅިވަރުގެ ކަންކަމަށް އަންނަ ކުދިންގެ ހާޒިރީ ބެލުމާއި، ކުދިންނާބެހޭ އެންމެހައި ރެކޯޑްތައް ތައްޔާރުކޮށް، އެ ރިކޯޑުތައް ބެލެހެއްޓުން. 4- ސްޕޯޓްސް އިންސްޓްރޫމެންޓުގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން. 5- އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި، ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން. 6- ކުޅިވަރުކުޅެން ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވުންފަދަ ކަމެއް ވެއްޖެނަމަ އެޑްމިންއަށް އެކަން އަންގައި، އެތަކެތި ހޯދުން. 7- ހުރިހާ އިންސްޓްރޫމެންޓްސް ސާފުކޮށް ބެލެހެއްޓުން. 8- ޓައިމްޓޭބަލާ އެއްގޮތަށް ތިޔަރީ ކުލާސްތައް ކުރިޔަށް ގެންދިޔުން. 9- ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެނގިފައިވުމާއި، ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މަޢުލޫމާތާއި ލަފާދިނުން. 10- ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުންކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމްކޮށްފައި ބެހެއްޓުން. 11- އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި، ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވެދިނުން. 12- އެކިއެކި މުބާރާތްތަކަކަށް ޓްރޭނިންގ ދިނުމުގައި އެކަންތައްތައް ރާވައި، މެނޭޖްމެންޓާ ވާހަކަދައްކައިގެން ކޯޗުންގެ ކަންތައްތައް ހަމަޖައްސައި، ކޯޗިންނާބެހޭ ރެކޯޑްތައް ބެލެހެއްޓުން. 13- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ކުޅިވަރުގެ ހަރަކާތްތަކާއި ޕީއީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި، ޕްރިންސިޕަލަށް އެ ރިޕޯޓް ހުށަހެޅުން. 14- ޕީއީއާއި ސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވެ، އެހީތެރިކަމާއި އެއްބާރުލުންދިނުން. 15- މުދައްރިސުން ހަމަނުވާ ހާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން. 16- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ގައާއިދުތަކާއި، ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުން. 17- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙުތިރާމްކުރުމާއެކު، އެއާ އެއްގޮތަށް ޢަމަލުކުރުން. 18. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
||||
ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް: |
||||
- ތަޢުލީމާއި ތަމްރީން. - މަސައްކަތު ތަޖުރިބާ. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
||||
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ. 3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ. 6. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ) 7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފު މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާނީ ގުރައިދޫ ސްކޫލަށެވެ. |
ހުށަހަޅަންވީ ގޮތް: |
2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން. |
ސުންގަޑި: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، 22 ފެބުރުވަރީ 2016 އާއި 29 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީީީީޚެއްގައި ގުރައިދޫ ސްކޫލުގައެވެ. |
އިންޓަވިއު: |
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. - މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640574 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލޫމާތު: |
1 ޖުމާދަލްއޫލާ 1437