މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމިޓީތައް އެކުލަވާލުން

އިޢުލާން

 

ކައުންސިލަށް ލަފާދޭ ކޮމިޓީތައް އެކުލަވާލުން

  ކައުންސިލަށް ލަފާދޭ ކޮމިޓީތައް އެކުލަވާލުމަށްޓަކައި މިއިދާރާއިން ކޮއްފައިވާ ނަމްބަރ:       (IUL)365-CA/365/2026/44 އިޢުލާނާއި ގުޅިގެން ކޮމެޓީތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު މަދުވުމުން،  ކޮމެޓީތަކަށް އިތުރު މެންބަރުން ބޭނުންވާތީ ކައުންސިލުން އެކުލަވާލާފައިވާ " މުލަކަތޮޅު މުލީ ކައުންސިލަށް ލަފާދޭ ކޮމިޓީތައް ހިންގުމުގެ އުޞޫލު" ގެ ދަށުން ތިރީގައި މިވާ 5 ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުޞަތު 2026 އޮގަސްޓް 23 އިން 30 ވަނަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

  1. އެޑްވައިޒަރީ ކޮމިޓީ އޮން ގަވަރނެންސް، ފައިނޭންސް، އިކޮނޮމިކް ޑިވެލޮޕްމެންޓް، ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ޑިވެލޮޕްމެންޓް ޕްލޭނިންގ. (ދިވެހި ނަން: ވެރިކަން ހިންގުމާއި، މާލީ އަދި އިގްތިސާދީ ތަރައްގީއާއި، މަސްވެރިކަމާއި ދަނޑުވެރިކަން އަދި ރޭވުމާއިބެހޭ ލަފާދޭ ކޮމިޓީ)
  2. އެޑްވައިޒަރީ ކޮމިޓީ ފޯރ ފެމިލީ، ސޯޝަލް ސާރވިސަސް، ކޮމިޔުނިޓީހެލްތު، ޔޫތު، ސްޕޯރޓްސް، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު. (ދިވެހި ނަން: ޢާއިލާއާއި، އިޖުތިމާޢީ ޚިދުމަތްތަކާއި، މުޖުތަމަޢުގެ ޞިއްޙަތު، ޒުވާނުންނާއި، ކުޅިވަރާއި، ފަންނާއި ސަގާފަތް އަދި ތަރިކައާ ބެހޭ ލަފާދޭ ކޮމިޓީ)
  3. އެޑްވައިޒަރީ ކޮމިޓީ ފޯރ އެންވަޔަރަމަންޓް، ޓޫރިޒަމް، އެޑިޔުކޭޝަން، ސްކިލްސް އެންޑް އެމްޕްލޮޔަބިލިޓީ. (ދިވެހި ނަން: ތިމާވެއްޓާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ހުނަރު އަދި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ ލަފާދޭ ކޮމިޓީ)
  4. އެޑްވައިޒަރީ ކޮމިޓީ ފޯރ ރިލިޖަސް އެފެއާޒް. (ދިވެހި ނަން: ދީނީ ކަންތައްތަކާ ބެހޭ ލަފާދޭ ކޮމިޓީ)
  5. އެޑްވައިޒަރީ ކޮމިޓީ ފޯރ އެލްޑަރލީ/ ސީނިއަރސިޓިޒަންސް. (ދިވެހި ނަން: އުމުރުން ދުވަސްވީ މީހުން ނުވަތަ އިސްރަށްވެހިންނާ ބެހޭ ލަފާދޭ ކޮމިޓީ)

 ވީމާ، މިކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 30 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

https://forms.cloud.microsoft/r/j9YVBKrcbQ

 

23 އޮގަސްޓް 2026
ހޯދާ