ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމަށް ވަޑައިގަތުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ގެ "ނ" ގައި ކޮންމެ 4 މަހުން 01 މަހު ރަށު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަން ވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތުގެ މަތިން 2026 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން 2026 އޮގަސްޓް 30 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ހައްދުންމަތީ އިސްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑަރ

- މަސައްކަތު ތާވަލުގައި ހިމަނައިގެން ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުން.

                 ވީމާ، މި ބައްދަލުވުމަށް އިސްދޫގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. ހައްދުންމަތީ އިސްދޫ ކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކާއި، ރައްޔިތުންގެ ފަރާތުން އެދިގެން ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ޢަމަލުކުރާނެގޮތުގެ އުޞޫލް މި އިދާރާގެ ވެބްސައިޓް https://isdhoo.gov.mv/ ގައި ޢާއްމުކުރެވިފައި ވާނެއެވެ.  

23 އޮގަސްޓް 2026
ހޯދާ