ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ(.)

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ރުއްގަނޑުތައް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަނޑުތަކީ:

1)    ރުއްގަނޑު 1 (ކޮލެތެރެމަގު ހުޅަނގު ކަނުން ފެށިގެން ސްކޫލްގެ ހުޅަނގު ކަނާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 35 އަދި ނުފޯދޭ ކަނދުބުޑުލީ  15

2)  ރުއްގަނޑު 3 (އާއިލީ ޕާކްގެ އިރުމަތި ފަރާތު ކަނާ ހަމައިން ނެރު ފައިކަށްޓާ ހަމައަށް) މި ސަރަހައްދުގައި ހިމެނެނީ ފޯދުނު 12 އަދި ނުފޯދޭ ކަނދުބުޑުލީ 1 ރުއް

    މި ރުއްގަނޑުތައް ވަރުވާއަށް ނަގަން ބޭނުންވާ ފަރާތްތަކުން 30 އޮގަސްޓު 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ފޯމް ހުށަހެޅުއްވުން އެދެމެވެ. ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

     ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 އޮގަސްޓް 2026
ހޯދާ