މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގައި ހަދާފައިވާ ކެންޓީނު ކުއްޔަށް ދޫކުރުމާއި ގުޅޭ

1. މިރަށު ކުޑަކުދިންގެ ޕާކުގައި ހަދާފައިވާ ކެންޓީނު ކުއްޔަށް ދޫކުރުމަށް ނިންމުމާއި ގުޅިގެން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 02 ސެޕްޓެމްބަރު ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ.

 * ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700403001  / 1350 REVENUE 1

3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 01 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 06 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 08 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

           އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

           ފޯނު ނަންބަރު: 6580028

           އީ-މެއިލް: [email protected]

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

23 އޮގަސްޓް 2026
ހޯދާ