ދިވެހިރާއްޖެ
ފަތުރުވެރީންގެ ބީޗް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
މިކައުންސިލްގެ ބެލުމުގެދަށުގައިވާ ފަތުރުވެރީންގެ ބީޗް ސަރަހައްދުތައް މަހަކު -/7000 (ހަތްހާސް) ރުފިޔާގެ ރޭޓުން އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. އެގޮތުން މިކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ ހެދުނު 11:00ށް މިއިދާރާއަށް ސިޓީއަކުން ހުށަހެޅުމަށް އެދެމެވެ. އެއްފަރާތަކަށްވުރެއް ގިނަ ފަރާތުން ސިޓީ ހުށަހަޅާކަމަށްވާނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގޭ ފަރާތަކަށް މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އައުޓްސޯސް ކުރަން ހޮވޭ ފަރާތާއެކު މިކައުންސިލުން 1 އަހަރު ދުވަހުގެ މުއްދަތަކަށް އެގްރީމަންޓް ކުރެވޭނެއެވެ. އިތުރު މައުލޫމާތު މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 އޮގަސްޓް 2026
