ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ ލިސްޓުގައިވާ ރަށްރަށާއި ފަޅުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަނިވި ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި އަދި 05 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 06 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހު އަދި 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ފުރިހަމަ ނަމާއި، އީމެއިލް އެޑްރެސް، ފޯނު ނަންބަރު އަދި ކުންފުނީގެ ނަން (ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ) އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުން ފެށިގެން 22 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު މި ވުޒާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 18 ނޮވެންބަރު 2026ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.
ނަންބަރު (IUL)88-PS/88/2026/140 (23 އޮގަސްޓް 2026) އިޢުލާނާއި ގުޅޭ: ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ދޫކުރާ ރަށްރަށާއި ފަޅު
