ދިވެހިރާއްޖެ
|
ވަޒިފާގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަން،ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓްގެ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއި ގުޅިގެން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި ދާއިރާގެ ޢިމާރާތްތަކުގެ އިންޖީނިއަރިންގ ގެ މަސައްކަތްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ،ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން، ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތައް ކުރުމަށް ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ތިރީގައި ދަންނަވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމު/މަސައްކަތަށް އެދި ހުށަހެޅުން: މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން މި މިނިސްޓްރީގެ ގޫގަލް ފޯމު މެދުވެރިކޮށް https://forms.gle/WoSzfBtVN8CST7UQ8 އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
އެޕްލިކޭޝަންއާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް: ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ / އެޕްލިކޭޝަން ފޯމް ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓް ކޮޕީ ތަޖުރިބާގެ ލިޔުންތައް
|
