ދިވެހިރާއްޖެ
އިޢުލާން
ރަށުގެ އެކި ސަރަޙައްދުތަކުގައި ގަސް އަދި ރުއް އިންދުމާއި ގުޅޭ
ރަށުގެ މަގުތަކުގެ ހޭޅިފަށާއި، އަދި ވަލުތެރޭގެ އެކި ސަރަޙައްދުތަކުގައި ކައުންސިލްގެ ހުއްދަ ނުހޯދާ އެކި ވައްތަރުގެ ގަސް އަދި ރުއް އިންދަމުން އަންނަކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ، މިފަދައިން އިންދާފައިވާ ގަސް އަދި ރުއް 15 ދުވަހުގެ ތެރޭގައި ނަގައި އެފަރާތެއްގެ ބިމަށް އެތަކެތި ބަދަލުކުރުމަށް އަންގަމެވެ. މިގޮތަށް ގަސް އަދި ރުއް އިންދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
މިފަދައިން އިންދާފައިވާ ގަސް އަދި ރުއްތައް ކައުންސިލްގެ އެއްވެސް ބޭނުމަކަށް ނަގަން ޖެހިއްޖެނަމަ އެތަކެއްޗަށް ބަދަލު ނުލިބޭނެ ކަމަށް މިކައުންސިލުގެ 5 ވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ނިންމާފައިވާކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ވީމާ މިފަދަ އަމަލުތައް ނުކުރުމަށް އަންގަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 އޮގަސްޓް 2026
