މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތީތަކުގެ، ގޯތީގެ ރަޖިސްޓްރީ ހެދުމާއި ގުޅޭ

އިޢުލާން

ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތީތަކުގެ، ގޯތީގެ ރަޖިސްޓްރީ ހެދުމާއި ގުޅޭ

ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، ގޯތީގެ ރެޖިސްޓްރީ ހައްދާފައި ނުވާ ފަރާތްތަކުން، ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް، ގޯއްޗަށް ކިޔާނެ ނަމަކާއިއެކު ގޯތި ރަޖިސްޓްރީކުރުމަށް އެދޭފޯމް ފުރިހަމަ ކުރައްވާ 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ގޯތި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ގޯތިތައް ދެން ރަޖިސްޓްރީ ކޮށްދެވޭނީ -/500 ރުފިޔާގެ ފީއެއް ދެއްކެވުމަށް ފަހުގައި ކަމުގައި ދަންނަވަމެވެ.

ގޯތީގެ ރަޖިސްޓްރީ ހެދުމަށް ބޭނުންވާ ފޯމް ރަސްމީ ދުވަސް ދުވަހުގެ 08:30 ން 13:30 އަށް މަނަދޫ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                           23 އޮގަސްޓް 2026    

23 އޮގަސްޓް 2026
ހޯދާ