މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓް ބިލްޑިންގ 8 ވަނަ ފުލޯ އޯޕަން އޭރިޔާ މަރާމާތުކުރުމާއި، އެތަނަށް މިކުންފުނިން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލުން

  1. ބީލަމާއި ބެހޭ މަޢުލޫމާތު: 

ޕޯސްޓް ބިލްޑިންގ 8 ވަނަ ފުލޯ އޯޕަން އޭރިޔާ، މަރާމާތުކޮށް، ދީފައިވާ އާކިޓެކްޗަރަލް ކުރެހުމާ އެއްގޮތަށް އިމާރާތުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު: PRC-MPL/IUL/2026/53 (15 މާރިޗު 2026) ގެދަށުން ކުރަން ހިމަނާފައިވާ މަސައްކަތްތަކަށް ބަދަލުއައިސްފައިވާތީ، ކުރަން ހަމަޖެހިފައިވާ މަސައްކަތާއި އެއްގޮތަށް މައުލޫމާތު ޝީޓު  ބަދަލުކުރުމަށްފަހު، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.  

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ޓަރމްސް އޮފް ރެފަރެންސް އަދި އެއާގުޅޭ ޑްރޯއިންގްސް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައި ވާނެއެވެ. 

ޕްރީ-ބިޑް މީޓިންގ:    

ތާރީޚް:

03 ސެޕްޓެންބަރު 2026     

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

17 ސެޕްޓެންބަރު 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކާއި ދިމާވެއްޖެނަމަ ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.  

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

2- ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް

[email protected]

23 އޮގަސްޓް 2026
ހޯދާ