މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެއަރވާދިނަސް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އެއަރވާދިނަސް އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރވާދިނަސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

މުސާރައާއި އެލަވަންސް:

އިންޑަސްޓްރީއާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

1- MCAR-147 ނުވަތަ EASA Part 147 ޑިޕްލޮމާ އިން އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިންގ ހާސިލުކޮށްފައިވުން. ނުވަތަ ބެޗްލަރ އޮފް އިންޖިނިއަރިންގ ޑިގްރީ އިން އެއަރޯނޮޓިކްސް/ އޭރޯސްޕޭސް/ މެކޭނިކަލް/ އިލެކްޓްރިކަލް/ އިލެކްޓްރޯނިކްސް ހާސިލުކޮށްފައިވުން.

2- އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. މަތިންދާބޯޓުފަހަރު ރަޖިސްޓަރީކުރުން، ޑީރެޖިސްޓަރީކުރުން، 'ޓައިޕް ސެޓުފިކެޓު'/ސަޕްލިމެންޓަރީ ޓައިޕް ސެޓުފިކެޓު' އެކްސެޕްޓް ކުރުން
  2. މަތިންދާ ބޯޓުފަހަރުގެ އެއަރވާދިނަސް އިންސްޕެކްޝަންތައް ހެދުމާއި، އެއަރވާދިނަސް ރެކޯޑުތަކާއި ޕްރޮސީޖަރތައް ހުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ސެކްޝަންގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން. އަދި މި ކަންތައްތަކަށް ބޭނުންވާ ސެޓުފިކެޓުތައް/ހުއްދަތައް/ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  3. ކޮންޓިނިއުއިން އެއަރވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއަރކްރާފްޓް މެއިންޓެނަންސް އޯގަނައިޒޭޝަންތައް އަދި އެއަރކްރާފްޓް މެއިންޓެނަންސް ޓްރެއިނިންގ އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް އެތަންތަން ހިނގަނީ ސިވިލްއޭވިއޭޝަންގެ ގަވާއިދާތަކާ އެއްގޮތަށްތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅައި ސެކްޝަންގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން. އަދި މިކަންތައްތަކަށް ބޭނުންވާ ސެޓުފިކެޓުތައް/ހުއްދަތައް/ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  4. "އެއަރކްރާފްޓް މެއިންޓެނަންސް ލައިސެންސް" އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާ ކުރުމާއި، އެސް އޯ ޕީ އާ އެއްގޮތަށް ލައިސެންސް ދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ލައިސެންސް ދޫކުރުން
  5. ދިވެހިރާއްޖޭއާ ބޭރުގެ ފަރާތްތަކާ ގުޅިގެން އެއަރވާދިނަސްގެ ރޮނގުން ހިންގާ މަޝްރޫޢުތަކާ ޕްރޮގްރާމްތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން
  6.  އެއަރވާދިނަސްއިން ބާއްވާ މޮޑިއުލް އިމްތިޙާނުތައް އެސް އޯ ޕީ ގައިވާ ގޮތުގެ މަތީން ކުރިއަށްގެންދިއުން
  7. އެއަރކްރާފްޓް މެއިންޓެނަންސް ލައިސެންސް ދޫކުރުމާބެހޭ ހުރިހާ ޑޭޓާ ބޭސްއެއް އަޕްޑޭޓް ކުރުމާއި ފައިލްތަކާއި ރެކޯޑުތައް ބެލެހެއްޓުން
  8. އެއަރވާދިނަސް ސެކްޝަންގެ ޔައުމިއްޔާ ލިޔުމާއި އިދާރީ މަސައްކަތްތައް
  9. އެއަރވާދިނަސް ޓެކްނިކަލް ލައިބްރަރީ އެސް އޯ ޕީ ގައިވާ ގޮތުގެ މަތީން ބެލެހެއްޓުން
  10. އެއަރވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓްތަކާގުޅޭ އެންމެހާ ރެކޯޑުތަކާއި ލިޔެކިޔުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1- އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިންގ ލައިސަންސް އޮތް ފަރާތަކަށްވުން.

2- ޑިޕްލޮމާ އިން އެއަރކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ހާސިލުކޮށްފައިވުން.

3- އެއަރކްރާފްޓް މެއިންޓެނަންސްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1- 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1- ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

09 ފެބުރުވަރީ 2016
ހޯދާ