މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ސަރުދާރު (ވަގުތީ)

މަޤާމް :ސަރުދާރު (ވަގުތީ)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް ވަގުތީގޮތުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސަރުދާރު (ވަގުތީ)

މުއްދަތު: 1 އަހަރު   

ބޭނުންވާ އަދަދު :1

މުސާރަ: -/4،440 ރ.

މަސައްކަތުގެ ގަޑި: 08:00 ން 14:00 އަށް

ވަޒީފާ އަދާކުރައްވަންޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މަޤާމުގެ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާބެހޭ

1- މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ (މެޝިނަރީ އަދި ވެހިކަލް މަރާމާތުކުރުން ފަދަ) ތަމްރީނެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

މައިގަނޑު މަސައްކަތްތައް:

1- މެއިންޓަނަންސާއި ސެކިއުރިޓީ ހަވާލުކުރެވިފައިވާ ފަރާތްތަކުން މަސްއޫލިއްޔަތު އަދާކުރެވޭތޯ ބެލުމުގައި އެހީތެރިވުން.

2- މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ އަދި ވެހިކަލްގައި ކުރަންޖެހޭ މަރާމާތުތައް ދުރާލައި ފާހަގަކޮށް، ބޮޑެތި ގެއްލުންތަކެއް ވުމުގެ ކުރިން ލިބިފައިވާ ގެއްލުން މަރާމާތު ކުރެވޭނެ ގޮތެއް ރޭވުމުގައި އެހީތެރިވުން.

3- މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ، ވެހިކަލްތައް ބެލެހެއްޓުމާއި އަދި އޮފީސް މާހައުލުގައި ކުރަންޖެހޭ ޖެހޭ ކުދިކުދި މަރާމާތު ކުރުމުގައި އެހީތެރިވުން.

4- މިނިސްޓްރީން އެކި ތަންތަނަށް ސިޓީއާއި، ތަކެތި ފޮނުވަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، އެފަދަ ހާލަތެއްގައި އެތަކެތި ފޮނުވުމުގައި އެހީތެރިވުން.    

ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާއަށް އެދޭ ސިޓީ

2- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި މަޤާމާއި، ކުރި މަސައްކަތުގެ ތަފުސީލާއި މުއްދަތު ބަޔާންކޮށް އޮފީހުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 

ސިޓީ ހުށަހަޅަންޖެހޭ ތަން:

2016 ފެބުރުވަރީ 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށްޓަކައި ގުޅުއްވާނީ، 3304168 / 3304177 އަށް

13 ފެބުރުވަރީ 2016
ހޯދާ