ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭނެ ދާއިމީ ކޮމިޓީއެއް އެކުލަވާލުން (ދެވަނަ އިއުލާން)

މި އިދާރާގެ ނަންބަރ (IUL)259/2026/66 އިއުލާނާއި ގުޅިގެން ކައުންސިލަށް ލަފާދޭ ކޮމިޓީއަށް އެކަށިގެންވާ އަދަދަށް މެންބަރުން ކުރިމަތިލައިފައިނުވާތީ، އަލުން މި ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ކޮމިޓީގައި ހިމެނޭނީ ތިރީގައި މި ދަންނަވާ އުމުރުފުރާތަކުގެ ތެރެއިން ކޮންމެ އުމުރުފުރާއަކުން 2 މެންބަރުންނެވެ. 2 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފި ކަމުގައިވާނަމަ، މެމްބަރުން ނެގުމަށް ގުރުއަތު ލެވިގެންދާނެ ވާހަކަ ދަންނަވަމެވެ.

  1. 18 – 29 އަހަރު
  2. 30 – 39 އަހަރު
  3. 40 – 64 އަހަރު
  4. 65 އަހަރުން މަތި

ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމު 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ.

ގޫގުލް ފޯމު ލިންކް: https://forms.gle/B2tuUwcxyFFfwhKA9

23 އޮގަސްޓް 2026
ހޯދާ