ދިވެހިރާއްޖެ
މި ކޯޓު ނަންބަރު 539-A/2026/1 (9 އޯގަސްޓް 2026) އިޢުލާން އާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެތަކެތި ނީލަން ކިޔަން އަލުން ހުޅުވާލަމެވެ. އެގޮތުން ނީލަން ކިޔަން ހަމަޖެހިފައިވަނީ، 2026 އޯގަސްޓް 28 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު ގެ ދޮރުމަތީގައެވެ.
ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވައި ފަރާތްތަކުން 24 ގަޑިއިރުގެ ތެރޭގައި ބަނޑޭރިޕޯރޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، 3 ދުވަސް ތެރޭގައި އެ ތަކެތި ގެންދަންވާނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުން ކޮންމެ އައިޓަމެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މި އިޢުލާން އާ ހީރަސްކުރެވިފައި ވާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2026 އޯގަސްޓް 28 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް، ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު ކައިރިއަށް ވަޑައިގެން ދެއްވުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 6540724 ފޯނަށް ގުޅުއްވުން އެދެމެވެ.
