ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 11 ސެޕްޓެމްބަރ 2026 އިން 20 ސެޕްޓެމްބަރ 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 " ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 01 ސެޕްޓެމްބަރ 2026  ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށައެޅުން އެދެމެވެ.

 

ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:

  • 11 ސެޕްޓެމްބަރ 2026 އިން 20 ސެޕްޓެމްބަރ 2026 އަށް މާލޭ ކުޅިވަރު އެކުވެނި.

 

ބައިވެރިވުމުގެ ފީ އަދި ހިމެނޭ އިވެންޓް ތައް:

ބައިވެރިވުމުގެ ފީ އިވެންޓް

 ސިންގަލްސް

MVR 200/-

ޑަބަލްސް / މިކްސްޑް ޑަބަލްސް

MVR 300/-

ޓީމް އިވެންޓް

MVR 3500/-

 

ޑިވިޝަން 1    : ސިންގަލްސް/ ޑަބަލްސް / މިކްސް ޑަބަލްސް (އަންހެން / ފިރިހެން)

ޑިވިޝަން 2 : ސިންގަލްސް/ ޑަބަލްސް / މިކްސް ޑަބަލްސް (އަންހެން / ފިރިހެން)

9  އަހަރުންދަށް  : ސިންގަލްސް (އަންހެން / ފިރިހެން )

11 އަހަރުންދަށް : ސިންގަލްސް/ ޑަބަލްސް (އަންހެން / ފިރިހެން)

13 އަހަރުންދަށް : ސިންގަލްސް/ ޑަބަލްސް (އަންހެން / ފިރިހެން)

15 އަހަރުންދަށް : ސިންގަލްސް/ ޑަބަލްސް / މިކްސްޑް ޑަބަލްސް (އަންހެން / ފިރިހެން)

17 އަހަރުންދަށް : ސިންގަލްސް/ ޑަބަލްސް / މިކްސްޑް ޑަބަލްސް (އަންހެން / ފިރިހެން)

19 އަހަރުންދަށް : ސިންގަލްސް/ ޑަބަލްސް / މިކްސްޑް ޑަބަލްސް (އަންހެން / ފިރިހެން)

ސްޕެޝަލް އޮލިމްޕިކްސް (ތަފްޞީލް އަދި އިޢުލާން ވަކިން ހިއްޞާ ކުރުމަށް)

ޕެރަ ބެޑްމިންޓަން (ތަފްޞީލް އަދި އިޢުލާން ވަކިން ހިއްޞާ ކުރުމަށް)

" މިބުރާތާގު އުމުރު ކަނޑައަޅާނީ BWF ގެ އުމުރު ކަނޑައެޅުމުގެ ޤަވާއިދާ އެއްގޮތަށެވެ. "

ކުޅެވޭ ޝަޓްލް ބްރޭނޑް: އުރުފުރާ އަދި ޑިވިޝަން 2 – (އެންސީއެސް ޕްރޯމެކްސް) ،(ޑިވިޝަން 1) 4 ސެޕްޓެމްބަރ 2026 ގެ ކުރިން އިޢުލާން ކުރެވޭނެއެވެ.

މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ): 

  • ·         މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި

 

  • ·   މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރުމަށް: 50th NBT 2026 - REGULATIONS
  • ·   ބައިވެރިވުމަށް އެދޭ ފޯރމް ޑައުންލޯޑް ކުރުމަށް

Participation Form U9-U11-U13-U15-U17-U19 – OPENS

Participation Form Div-1 & Div-2 – OPENS

Participation Form TEAM EVENT

TEAM LIST SUBMISSION FORM – TEAM EVENT

 

ބައިވެރިވުމަށް އެދޭ ފޯރމް ހުށައެޅުމުގެ ފަހު ތާރީޙް އަދި ފީ (އޯޕަންސް އަދި ޓީމް އިވެންޓް):  

  • ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓް 01 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ދުރުވެ ފޯމް ސަބްމިޓް ކުރުން އެދެން. (ފޯމް ބަލައިގަތުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 ށް)
  • ޓީމް ލިސްޓް ހުށަހެޅުން : 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން
  • ބައިވެރިވުމަށް އެދޭ ފޯރމް / ޓީމް ލިސްޓާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.
  •  ޕާޓިސިޕޭޝަން ފީ 7701172490001 Badminton Association ގެ އެކައުންޓަށް ޓްރާސްންފަރ ކުރުމަށްފަހު ސްލިޕް ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް އާއި އެޓޭޗް ކުރުން އެދެން. (ސްލިޕްގެ ރިމާކްސްގައި ޓީމް ނަން/ ޑިވިޝަން / ކުޅުންތެރިޔާގެ ނަން އަދި އައިޑީ ކާޑު ނަމްބަރު ހިމެނުން އެދެން)

 

މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:

  •  5 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ 14:00 ކުރިން

 

މުބާރާތުގެ ޑްރޯ ޕަބްލިޝް ކުރެވޭ ތާރިޙް:

  •  7 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަސް (ޑްރޯ ނެގޭނީ ޓޯނަމަންޓް ސޮފްޓްވެއަރ އިންނެވެ)

 

މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި މެނޭޖަރސް މީޓިންގ:

  • މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 05 ސެޕްޓެމްބަރ 2026.
  • މެނޭޖަރސް މީޓިންގ އޮންނާނީ 9 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ބީއޭއެމް އޮފީސް
  • ޑްރޯ މީޓިންގައި ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވިދާނެއެވެ.

 

މުބާރާތުގެ ރެފްރީ :އަލީ އަބްދުލް ކަރީމް   ޑެޕިއުޓީ ރެފްރީ:    

 

* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 އޮގަސްޓް 2026
ހޯދާ