ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އިންޓަރ އޮފީސް ވޮލީ މުބާރާތް – 2026" ގައި ބައިވެރިވުމާއި، ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުން

   ދ. ބަނޑިދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙް އުފައްދައި، ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި، މި ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރ އޮފީސް ވޮލީމުބާރާތް – 2026"، 12 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަނެވެ.  

   މިި މުބާރާތުގައި ބައިވެރިވާން އެދޭ މުއައްސަސާތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް ފުރިހަމަކުރުމަށްފަހު 31 އޮގަސްޓް 2026 ވަނަ ދުވަހު 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް 2026 ސެޕްޓެމްބަރ 07 ވަނަދުވަހު 12:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

   މި މުބާރާތް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ގެ 13:00 ގެ ކުރިން ސިޓީ އަކުން އެދި މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލު ދެވޭނީ 50،000.00ރ (ފަންސާސް ހާސް ރުފިޔާ) އަށް ނުވަތަ އެއްވަރު ބޮޑު އަގެއްގައި ސްޕޮންސަރ ކުރުމަށް ހުށަހަޅުއްވާ ފަރާތަކަށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

20 އޮގަސްޓް 2026
ހޯދާ