ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އީ.ޕީ އިންޖީނިއަރ،ޑިޒައިން އެންޑް ޑިވެލޮޕްމެންޓް

ވަޒީފާގެ ފުރުސަތު: އެމް.އީ.ޕީ އިންޖީނިއަރ، ޑިޒައިން އެންޑް ޑިވެލޮޕްމެންޓް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިޢުލާން ނަންބަރ (IUL)FDC-HR/1/2026/53 ހަވާލާދީ ދަންނަވަމެވެ. މި ކޯޕަރޭޝަނުން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

އެމް.އީ.ޕީ އިންޖީނިއަރ،ޑިޒައިން އެންޑް ޑިވެލޮޕްމެންޓް

ބޭނުންވާ އަދަދު

1

ކުރިމަތިލުމުގެ  ސުންގަޑި

27 އޮގަސްޓް 2026 ބުރާސްފަތި ދުވަހުގެ 16:00

 ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/eS4yeLxMcbBrTmfR8

 ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  1. ސީވީ 
  2. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  3. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  4. ޕޮލިސް ރިޕޯޓް (ހުށަހަޅަންވާނީ 03 މަސް ނުވާ ޕޮލިސް ރިޕޯޓެއް)
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

 

                               

20 އޮގަސްޓް 2026
ހޯދާ