ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
ކައުންސެލަރ |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މުސާރަ: |
-/5610 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ |
ވަޒީފާ އޮތް އޮފީސް: |
ލ. މާމެންދޫ ސްކޫލް |
މަޤާމުގެ ގިންތި: |
ދާއިމީ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
ލ. މާމެންދޫ ސްކޫލް |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، ހިންގުމާއި، އެކަމާ ގުޅުންހުރި އެންމެހައި ރެކޯޑުތައް ބެލެހެއްޓުން.
2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުސެލިންގ ފޮލޯއަޕް ހެދުން.
3- ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލައަކާ ގުޅިގެން ޓިޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނާއި، ޓީޗަރުންނަށް އެހީތެރިކަން ދިނުން.
4- ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުވައިދިނުން.
5- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމްގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ސްކޫލން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.
6- ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޙަފުލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި، އެއްބާރުލުން ދިނުން.
7- މީގެ އިތުންވެސް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
1- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު
2- ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރަށް
3- ރަނގަޅު ޞިއްޙަތެއްގައިހުރި ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން
4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ވަގުތަށް ފަރުވާތެރި މީހަކަށްވުން
އިންޓަރވިއު ކުރުން
ހ. 23 ފެބުރުވަރީ 2016 ގައި މިމަޤާމުގެ އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ މާމެންދޫ ސްކޫލުގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު http://www.csc.gov.mv/category/forms އިން ލިބިވަޑައިގަންނަވާނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާމެންދޫ ސްކޫލުގެ އިދާރާއަށް
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާމެންދޫ ސްކޫލުގެ ނަންބަރު 680549 ފޯނަށް ގުޅުއްވުން އެދެމެވެ.