ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ބޯފެނާއި ފާހާނާ އާއިބެހޭ ނިޒާމް މަރާމާތުކުރުން

މަރުކަޒުގެ ބޯފެން ތާނގީ އެއް ބަހައްޓައި ފެން ގުޅައިދިނުމާއި،ޖަންކްޝަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުން

މިމަރުކަޒުގައި ބޭނުންކުރަމުން އަންނަ ބޯފެނުގެ ނިޒާމްގެ ތެރެއިން ފެންރައްކާ ކުރެވޭ މިންވަރު އިތުރުކުރުމުގެ ބޭނުމުގައި

5000 ލީޓަރުގެ ތާނގީއެއް ބަހައްޓައިދީ ބޯފެނުގެ ނިޒާމާއި ގުޅައިދިނުމާއި ފާހާނާތަކުގެ ޖަންކްޝަން މަރާމާތުކުރުމުގެ

މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2026 ވަނަދުވަހުގެ 10:00 އަށް މަރުކަޒުގެ އޮފީހަށް ދުރުވެ

މައުލޫމާތު ސާފްކުރެއްވުމަށްފަހު 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މިމަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަމްބަރު19/2014 ) ދަށުން ރަޖިސްޓްރީ

ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ

ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް މި އިއުލާނާއި އެކު އެއްހީރަސްކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ގުޅިގެންއިތުރު

މައުލޫމާތު ސާފްކުރެއްވުމަށް އެދިލައްވާނަމަ 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން 7973947 އަށް

ގުޅުއްވާ ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބް ހުށަހެޅުން:  31 އޮގަސްޓް 2026، 11:00 ގައި

ތަން: ގދ.ރަތަފަންދޫ ސިއްޙީމަރުކަޒުގެ އޮފީސް

 

20 އޮގަސްޓް 2026
ހޯދާ