ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
މަސައްކަތު |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މުސާރަ: |
-/3100 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ |
ވަޒީފާ އޮތް އޮފީސް: |
ލ. މާމެންދޫ ސްކޫލް |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
ލ. މާމެންދޫ ސްކޫލް |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ސްކޫލުން ޗާޕުކުރަންޖެހޭ ޓެސްޓްޕޭޕަރތަކާއި ވާރކްޝީޓް އަދި މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތައް ކަނޑައެޅިފައި އޮންނަ އުސޫލުން ޗާޕުކޮށް ހީރަސްޖަހަންޖެހޭތަކެތި ހީރަސްޖަހައި ތައްޔާރުކުރުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓްޕޭޕަރތަކާއި ވާރކްޝީޓް އަދި މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތަކަކީ، އޭގެ ސިއްރު ހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކު އެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.
2. ފޮޓޯކޮޕީމެޝިނުން ކޮޕީ ހަދާ ލިޔުންތަކުގެ ހިސާބު އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ ފޮތުގައި ބަރާބަރަށް ރިކޯޑުކޮށް ބެލެހެއްޓުން.
3. ޗާޕުކުރުމަށާއި ފޮޓޯކޮޕީ ހެދުމަށް ސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނާ، ކާރޓްރިޖް، މާސްޓަރ ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ހުސްވުމުގެ ކުރިން ދުރާލައި ތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތަށް އެންގުން.
4. ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީމެޝިންތައް ސާފުކޮށް ބެލެހެއްޓުމަކީ މައްސަލަތައް ޖެހުން މަދުކުރެވޭނެ ކަމެއްކަން ޤަބޫލުކޮށް މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.
5. ޗާޕުކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެ ޙާލަތު ބަލައި، ސްކޫލްގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭ އިސްވެރިޔާއަށް ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުވައިދިނުން.
7. ސްކޫލުގެ ކޮމްޕިއުޓަރތަކަށް ބޭނުންވާ ސާމާނުތައް ހޯދުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
8. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަޤާމާގުޅޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރު.
3- ރަނގަޅު ޞިއްޙަތެއްގައިހުރި، ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.
4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.
އިންޓަރވިއު ކުރުން:
ހ. 23 ފެބުރުވަރީ 2016 ގައި މި މަޤާމުގެ އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ، މާމެންދޫ ސްކޫލުގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު، http://www.csc.gov.mv/category/forms އިން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާމެންދޫ ސްކޫލުގެ އިދާރާއަށެެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާމެންދޫ ސްކޫލުގެ 680549 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
30 ރަބީޢުލްއާޚިރު 1437