މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުމާއި ބެހޭ

އިޢުލާނު

މިކުންފުނީގެ ކާގޯ ސަރވިސަސް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ކާގޯ ސަރވިސަސް ޑިޕާޓްމަންޓްގެ އީމެއިލް އެޑްރެސް؛[email protected] އަށް ބައިވެރިވާ ފަރާތްތަކުގެ އައި.ޑީ ކާޑް ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު އީމެއިލްކުރެއްވުން އެދެމެވެ. އީމެއިލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 އޮގަސްޓް 2026 އިން 28 އޮގަސްޓް 2026 ގެ ނިޔަލަށެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކަށް ނީލަމާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހިއްސާކުރެވޭނެއެވެ.

މި ނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ފަރާތްތަކަށް ގުޅުއްވުން އެދެމެވެ.

އަޙްމަދު ޙާފިޡު / 7811149 

އިސްމާޢީލް ޙަނީފް / 7633305 

 

 

20 އޮގަސްޓް 2026
ހޯދާ