މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާބަކިއު އޭރިއާ ތަރައްޤީކުރާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން

މި ރަށުގައި ތަރައްޤީ ކުރުމަށް ކައުންސިލުން ނިންމާފައިވާ ބާބަކިއު އޭރިއާ (ބަނދަރު އިރުމަތީކޮޅު) ގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މައުލޫމާތު ވަރަށް އަވަހަށް މި ކައުންސިލުން ހޯދަން ބޭނުންވެއެވެ.

ވީމާ، ބާބަކިއު އޭރިއާ ހެދުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ތެރޭގައި އެއްވެސް ފަރާތެއްގެ އަމިއްލަ ރުކެއް ނުވަތަ ގަހެއް ހުރިނަމަ، އެ ތަކެތީގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތާއި ނަމާއި އެޑްރެސް، މައުލޫމާތު ދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގައި ކައުންސިލުން ޖަހާފައިވާ ނަންބަރު) އިނގޭނެހެން  26 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ. ދެންނެވިފައިވާ ސަރަހައްދަށް އަރާ ރުއްގަސްތައް މިހާރު ވާނީ އޮރެންޖެ ކުލައިގެ ސްޕްރޭއިން ފާހަގަކުރެވިފައެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ މި އިދާރާގެ ނަންބަރު 6540682 ނުވަތަ 6540684 ފޯނާއި ގުޅުއްވުން އެދެމެވެ.

20 އޮގަސްޓް 2026
ހޯދާ