ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ސީނިއަރ ސްކޫލް ހެލްތު އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: އއ. މާޅޮހު ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އއ. މާޅޮހު ސްކޫލް އޮފީސް، އއ. މާޅޮސް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1– ކޮންމެ އަހަރަކު އެއްފަހަރު ދަރިވަރުންގެ މެޑިކަލް އެގްޒެމިނޭޝަނެއް ޑޮކްޓަރުން މެދުވެރިކޮށް ހެދުމާއި، ދަރިވަރުންގެ އިސްކޮޅާއި ބަރުދަން އަހަރަކު އެއްފަހަރު ބަލައި، ހެދިބޮޑުވުމުގައި ފާހަގަކުރެވޭ މައްސަލަތައް ދެނެގަނެ، ބެލެނިވެރިންގެ ސަމާލުކަމަށް އެކަންކަން ގެނައުން.
2– ސްކޫލުގެ ވެރިންނާއި މަޝްވަރާކޮށްގެން އެކިއެކި ޞިއްޙީ ދުވަސްތައް ފާހަގަކޮށް، ދަރިވަރުންނާއި ބެލެނިވެރިންނަށް ޞިއްޙީ މަޢުލޫމާތު ދެވޭނެ އިންތިޒާމް ހަމަޖައްސައި، އެކަން ކުރުން (މިސާލަކަށް: ދުނިޔޭގެ ޞިއްޙަތުދުވަސް، ފެނުގެ ދުވަސް، ކާނާގެ ދުވަސް، އެއިޑްސް ދުވަސްފަދަ ....)
3– ސްކޫލުގެ ބޯފެނާއި ފާޚާނާގެ ސާފުތާހިރުކަން ހަފްތާއަކު އެއްފަހަރު ބަލައި ޗެކްކުރުމާއި، ސްކޫލުގެ އާންމު ސާފުތާހިރުކަމާއި، ސްކޫލުގެ ގޯތިތެރޭގައި މަދިރި އުފެދޭ ތަންތަން ހުރިތޯ ބަލައި، ދެމެހެއްޓެނިވިގޮތެއްގައި މިކަންތައް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުން.
4– ސްކޫލުގެ ވެރިންނާއި މަޝްވަރާކޮށްގެން ދުންފަތާއި، މަސްތުވާތަކެތީގެ ވަބާއިން ދަރިވަރުން ރައްކާތެރިކުރުމަށް ބެލެނިވެރިންނަށް ޚާއްޞަ ޕްރޮގްރާމެއް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ރާވައި ހިންގުން.
5– ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލަކީ ހެލްތު ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރުން.
މަޤާމުގެ ޝަރުޠު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- މަޤާމާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ފެންވަރު.
- ވަޒީފާއާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- ޤާބިލުކަންހުރި މިންވަރު (އިންޓަވިއު)
އިންޓަވިއު ކުރުން:
ހ. މަގާމަށް އެދެންވީ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އއ. މާޅޮހު ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިސް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އއ. މާޅޮހު ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އއ. މާޅޮހު ސްކޫލުގެ 6660844 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ އއ.މާޅޮހު ސްކޫލުގެ މެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ.
2 ޖުމާދަލްއޫލާ 1437