ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސޯޝަލް މީޑިއާ އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)VMC-HR/1/2026/28

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސޯޝަލް މީޑިއާ އެގްޒެކެޓިވް

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން.

ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މާކެޓިންގ / ސޯޝަލް މީޑިއާ

ބޭނުންވާ އަދަދު: 01

1. ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ.  ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ އެކައުންޓްތައް (ލިންކްޑްއިން، ގޫގްލް އަދި އެކްސް، ފޭސްބުކް، އިންސްޓަރގްރާމް، ޓިކްޓޮކް އަދި ޕިންޓްރެސްޓް ހިމެނޭގޮތަށް) ބެލެހެއްޓުން.

ށ.  ކޯޕަރޭޝަންގެ ލަނޑުދަނޑިތައްހާސިލްކުރުމަށްޓަކައި، އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މި ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ މާކެޓިންގ ސްޓްރެޓެޖީތައް ތަންފިޒުކޮށް، ކާމިޔާބުމަކާއެކު ކުރިއަށްގެންދިއުން.

ނ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މީހުން ޝައުގުވެރިވާ ފަދަ ކޮންޓެންޓާއި ކެމްޕޭންތައް ތަރައްގީކޮށް އިންތިޒާމުކުރުމަށްޓަކައި، ކޮންޓެންޓް އުފައްދާ ފަރާތްތަކާއި ޑިޒައިނަރުންނާ ގުޅިގެން މަސައްކަތްކޮށް، އެ ކޮންޓެންޓަކީ މައުލޫމާތު މުއްސަނދި އަދި ބަލާހިތްވާ ފަދަ ކޮންޓެންޓެއްކަން ކަށަވަރުކުރުން.

ރ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޭނުންކުރާ އިޝްތިހާރުތަކުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ދިރާސާކޮށް އެކަމާ ގުޅޭ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

ބ. މާކެޓިންގ ފެއަރތަކާއި ރޯޑްޝޯތައް ފަދަ، ކުންފުނީގެ މާކެޓިންގ ހަރަކާތްތައް ރޭވުމާއި އެ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ޅ. ކެމްޕޭންތަކުގެ ނަތީޖާ ވަޒަންކުރުމަށާއި، މެނޭޖްމަންޓަށް ބޭނުންތެރި ތަފުސީލީ މަޢުލޫމާތުތައް ހުށަހެޅުމަށްޓަކައި، ޓްރެކިންގ އަދި އެނަލިޓިކްސް ވަސީލަތްތަކުގެ ބޭނުން ހިފުން.

ކ. ކްރިއޭޓިވް ޓީމުގެ އެހެން މެންބަރުންނާ ގުޅިގެން ބްރެއިންސްޓޯމްކޮށް އައު ޚިޔާލުތައް ހޯދައި، ޓީމާ ހިއްސާކުރުން.

އ. ސޯޝަލް މީޑިއާ ކެމްޕޭންތަކުގެ ނަތީޖާ އާއި އެކައުންޓްތަކުގެ ޕަރފޯމެންސް ދެނެގަތުމަށްޓަކައި، ފޮލޯވަރުން އިތުރުވާ މިންވަރާއި، ރީޗް، އެންގޭޖްމަންޓް، ޕްރޮފައިލަށް ޒިޔާރަތްކުރާ މިންވަރު، ވެބް ޓްރެފިކް އަދި ކޮންވާޝަން ފަދަ މުހިންމު މިންގަނޑުތަކަށް ބަލައި ގަވާއިދުން ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.

ވ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ގުޅިގެން މަސައްކަތްކޮށް، އައު ފުރުސަތުތައް ދެނެގަތުމާއި، އީޖާދީ އައު ހަރަކާތްތައް ފަރުމާކޮށް ތަރުތީބުކުރުން.

މ. ތަފާތު އެކިއެކި ޓީމުތަކާ ގުޅިގެން މަސައްކަތްކޮށް އިޝްތިހާރުކުރުމާއި، މާކެޓިންގއަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން ފަދަ އެކި ޕްރޮޖެކްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ފ. ކެމްޕޭންތަކުގެ ނަތީޖާ އިތުރަށް ފުރިހަމަކޮށް، ކުރިއެރުވުމަށްޓަކައި ޕްލެޓްފޯމްތަކުގައި މާކެޓިންގ ހަރަކާތްތައް ތަންފީޒުކުރުން.

ދ. މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓުތައް ފޯރުކޮށްދިނުމަށްޓަކައި، ސޯޝަލް މީޑިއާގެ ރިސާރޗްތައް ކުރިއަށް ގެންދިއުން.

ތ. މީގެ އިތުރަށްވެސް މަސައްކަތާއި ގުޅޭގޮތުން ކޯޕަރޭޝަންއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

ލ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހާއި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

20 އޮގަސްޓް 2026
ހޯދާ