އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އިޖްތިމާއީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑީގެ ބުޑު ހަދައިދޭނެ ފަރާތެއް ހޯދުން.

އިޢުލާން

މިރަށު އިޖްތިމާއީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ހޮޅިދަނޑީގެ ބުޑު ހަދައިދޭނެ ފަރާތެއް ހޯދުން.

    

ކޯޓޭޝަން ހުށަހެޅުން:

މި މަސައްކަތުގެ ކޯޓޭޝަން ހުށަހެޅުން އޮންނާނީ 31 އޮގަސްޓް 2026 (ހޯމަ) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތަކާއި މެއިލް މެދުވެރިކޮށް ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް މި އިއުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

ނޯޓް: ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށްވެސް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 30 އޮގަސްޓް 2026 (އާދިއްތަ) ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

20 އޮގަސްޓް 2026
ހޯދާ