ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
މެނޭޖަރ އޮޕަރޭޝަންސް އެންޑް މެނޭޖެމަންޓް

 (IUL)95-A/95/2026/32:ނަންބަރު

 

އިޢުލާނު

މަޤާމު:

މެނޭޖަރ އޮޕަރޭޝަންސް އެންޑް މެނޭޖެމަންޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 9

މަޤާމުގެ ކްލެސިފިކޭޝަން:

އައިސީޓީ މެނޭޖަރސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ ހައިކޯޓު / އައިޓީ ސެކްޝަން

މުސާރަ:

 -/16,685 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/ 9,555ރުފިޔާ
  • ހާޞިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/260 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/210 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކޯޓުގެ ޝަރީޢަތްތަކާއި، އޮންލައިން އަޑުއެހުންތައް ޓެކްނިކަލް ގޮތުން ހިންގާނެ ގޮތުގެ އުޞޫލުތައް ކަނޑައަޅައި، ޝަރީޢަތްތައް ރެކޯޑްކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީޒްތައް އެންމެ މަތީ ފެންވަރުގައި ބެލެހެއްޓުމުގެ އިސް މަރުޙަލާތައް ރާވައި ހިންގުން.
  • ސެކްޝަންގެ މަސައްކަތްތައް ކުރުމަށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްވާ ގޮތުގެ މަތިން ޕޮލިސީސް އަދި ޕްރޮސީޖަރތައް ހެދުމާއި އެއާއިއެއްގޮތަށް މުވައްޒަފުން އަމަލުކުރޭތޯ ބަލައި ޔަގީންކުރުން.
  • އައި.ޓީ ސެކްޝަނުގެ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ލިބޭ ތަކެތި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހޯދުން. ބޭނުންވާ ސާރވާރ ހާރޑްވެއަރ އިންޓަރގްރޭޓް ކޮށް އިންސްޓޯލް ކުރުމާއި ބެލެހެއްޓުން
  • ކޯޓުގެ އެތެރޭގެ މަސައްކަތްތައް ހިންގުމާއި މޮނިޓަރ ކުރުން ހަރުދަނާ ކުރުމަށް ބޭނުންވާ އިންފޮމޭޝަން ސިސްޓަމްސް ހޯދައި  ނުވަތަ ތައްޔާރުކޮށް ސުޕަވައިޒަރުގެ ލަފާގެ މަތިން ބޭނުންކުރުން
  • ކޯޓުގެ މަސައްކަތް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމާއި އީ-ކޯޓު ސުޕަވައިޒަރުގެ ލަފާގެ މަތިން ތަންފީޒުކުރުން.
  • ކޯޓުން އާންމުފަރާތްތަކަށް ދޭ ޚިދުމަތްތަކާ ގުޅޭ ޖުޑީޝަރީގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ބޭނުންކުރުމުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ތަންފީޒުކުރުން.
  • އާންމު ފަރާތަތަކަށް ހައިކޯޓަށް ވާސިލްވުމަށް ފަސޭހަވާނެ ޕްރޮގްރާމްތަކާއި އެޕްތައް އުފެއްދުން.
  • ކޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެންމެހާ އާލާތްތަކާއި، ނެޓްވޯރކް އަދި ޕްރޮގްރާމްތަކުގެ ސެކިއުރިޓީ ޕޮލިސީތައް އެކުލަވައިލައި، ކޯޓުގެ ސައިބަރ ސެކިއުރިޓީ އާއި މަޢުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓުން.
  • ޒަމާނާ އެކަށޭނެ ގޮތަށް ކޯޓުގެ ވެބްސައިޓް ތަރައްޤީކޮށް މެއިންޓެއިންކުރުން.
  • ކޯޓުގެ މައްސަލަތަކުގެ ތާވަލާއި، ނިންމުންތަކާއި އަދި ކޯޓުގެ ޚަބަރުތައް ވެބްސައިޓުގައި ޝާއިޢުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން މީޑިއާ ސެކްޝަނަށް ދިނުން.
  • ކޯޓުގެ އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ އާއި ކޮމްޕިއުޓަރ ވިއުގަ ހަރުދަނާކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަކެތި ދެނެގަނެ އެކަންކަން ހަމަޖެއްސުމުގެ އިދާރީ އަދި ފަންނީ ޒިންމާ އުފުލުން.
  • އައި.ޓީ ސެކްޝަންގެ މަސައްކަތްތައް ރާވައި އިންތިޒާމްކުރުން
  • އައި.ޓީގެ ދާއިރާއިން މަސައްކަތްތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީތަކަށާއި ސޮފްޓްވެއަރ އަށް މުވައްޒަފުން އަހުލުވެރި ކުރުމުގެ ގޮތުން، ކޯޓުގެ މަސައްކަތްތަކަށް ރިޢާއަތްކޮށް، ތަމްރީން ކުރާނެ ދާއިރާތައް ކަނޑައަޅައި ތަމްރީން ކުރުމުގައި އިދާރީ ސެކްޝަނަށް އެހީތެރިވުން.
  • އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، އޮންލައިން ޕޯޓަލްއާއި، ސަރވަރ އަދި އެހެނިހެން ވިޔުގަތަކުގެ ބެކްއަޕް ނެގުމުގެ އިތުރުން ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ހައްލުކުރުން.
    • ސެކިއުރިޓީ ނުރައްކާތަކުން ނެޓްވަރކް ރައްކާތެރިކުރުމަށް ސެކއުރިޓީ ފިޔަވަޅުތައް އަޅާ ތަންފީޒްކުރުން.
    • ކޯޓުގެ ސިއްރުތައް ހިފަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ތަނުގެ މަޞްލަޙަތަށާއި އާންމުނަށް ދޭ ޚިދުމަތަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.
    • ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ އިތުރު ޒިންމާތަކާއި، އޮފީހުގެ ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި ދިމާވާ ކުއްލި މައްސަލަތައް ޙައްލުކުރުމުގައި އިސްވެ ހަރަކާތްތެރިވުން.
    • ކޯޓުން ކަނޑައަޅާ ކޯސްތަކާއި ސެމިނާރތަކުގައި ބައިވެރިވެ، މަސައްކަތް ހަލުވި ކޮށް ފެންވަރު ރަގަނޅުކުރޭވޭނެ ފަދަ އައި.ސީ.ޓީ ދާއިރާގެ އާ އީޖާދުތައް ކޯޓަށް ތަޢާރަފްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގައި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގައި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

 

 

ތަޢުލީމީ ރޮނގު

އިންފޮމޭޝަން ޓެކްނޮލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ

އެހެނިހެން ޝަރުޠު

1.ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު 2.ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ހައިކޯޓުގެ ވެބްސައިޓުން، ކޯޓުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.highcourt.gov.mv
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ސެޕްޓެންބަރު 2026 ގެ 13:00 ގެ ކުރިން، ހައި ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]    މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއ

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 07 ސެޕްޓެންބަރު 2026 ން 10 އޮކްޓޫބަރު 2026 އާ ދެމެދު، ދިވެރާއްޖޭގެ ހައިކޯޓު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓު  www.highcourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3325029 އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަވިއުއަށް ކިޔާނީ ޕްރެކްޓިކަލް ޓެސްޓުން %50 ލިބިފައިވާ ފަރާތްތަކަށެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.

07 ރަބީޢުލްއައްވަލް 1448

20  އޮގަސްޓް  2026

20 އޮގަސްޓް 2026
ހޯދާ