މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
"އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު

އިޢުލާން

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން "އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ ސުރުޙިގައި ދަންނަވާފައިވާ މަޝްރޫއުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ޙިއްޞާއާއި ވާދަވެރިކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ 7 ދާއިރާގެ ތެރެއިން ތިރީގައި މިދަންނަވާ 3 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ޝަރުޠުހަމަވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ގްރާންޓް ދާއިރާ 1. މެނުފެކްޗަރިންގ ގްރާންޓް

މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ރާއްޖޭގައި ދަޅު (ޓިން ކޭން) އުފައްދާ ފެކްޓަރީއެއް ގާއިމްކޮށް ތަރައްޤީކުރުމަށް.

ގްރާންޓް ދާއިރާ 2. ފިޝަރީޒް އިންޑަސްޓްރީ ޑީކާބޮނައިޒޭޝަން ގްރާންޓް

މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފެސިލިޓީތަކުގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ތަކާއި، ހަކަތަ ބޭނުންކުރަންޖެހޭ މިންވަރު މަދުކޮށްދޭ ސްމާޓް، ނިޒާމްތަށް ގާއިމްކޮށް އުމްރާނީ ވަސީލަތްތަށް ތަރައްގީ ކުރުމަށް

ގްރާންޓް ދާއިރާ 4. ސާކުއިލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް

 

މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގެ އުމުރާނީ ތަރައްގީއާއި އެއާގުޅުންހުރި ޚިދުމަތްތައް ތަރައްޤީކުރުމަށް

ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތު:

މި ގްރާންޓަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް ޕޯޓަލް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް ބެލޭނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ގްރާންޓަށް ކުރިމަތިލުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެގޮތުން ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭ ގޮތް އަދި ސުންގަޑި:

މި ގްރާންޓަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2026ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިމިވާ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

ޕޯޓަލް ލިންކު: https://aaruveri.fishagriocean.gov.mv     

މަޢުލޫމާތު ސާފުކުރުން:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033493 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 07 ރަބީއުލްއައްވަލް  1448

20 އޯގަސްޓް 2026

 

 

 

 

 

20 އޮގަސްޓް 2026
ހޯދާ