ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ގޭބިސީތަކުންނާއި، ވިޔަފާރި އިމާރާތް ތަކުންނާއި، ސަރުކާރުގެ އޮފީސްތަކުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.
|
ރަޖިސްޓްރީކުރުން: |
ރަޖިސްޓްރީކުރުން އޮންނާނީ 20 އޮގަސްޓް 2026 ވަނަދުވަހުން ފެށިގެން 24 އޮގަސްޓް 2026 ވަނަ ދުވަހުގެ 10:00 އަށް (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 އަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. |
|
ރަޖިސްޓްރޭޝަން ފީ: |
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ބިޑަކަށް -/300ރ (ތިން ސަތޭކަ ރުފިޔާ) އަށެވެ. އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. - އެކައުންޓް ނަންބަރު: 7725700323001 - އެކައުންޓް ނަން: 1441 REVENUE 1 - އީމެއިލް: [email protected] |
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނި/ޕާޓްނަރޝިޕް/ކޯޕަރޭޓިވް ސޮސައިޓީ ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
