ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކްނިކް އޭރިއާ ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ރަށުގެ ޕިކްނިކް އޭރިއާ (ހުއްޓޭ ކޮޑާ) ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެސްޓިމޭޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން:

  • މަޢުލޫމާތު ސާފުކުރުން:   26 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. (މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.)
  • އަންދާސީހިސާބު ހުށަހެޅުން: 01 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލްތައް އިވޭލުއޭޓް ކުރާނެ މިންގަނޑު:

  1. ހުށަހަޅާ އަގު: 70%  (އެންމެ ހެޔޮ އަގަށް ގިނަ ޕޮއިންޓް)
  2. މަސައްކަތް ނިންމާނެ މުއްދަތު: 20% (އެންމެ ކުރު މުއްދަތަށް ގިނަ ޕޮއިންޓް)
  3. ތަޖުރިބާ : 10% ( މިބަޔަށް މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށައެޅުމަށް ދެވުނު މަޢުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 2 މާކްސް، އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކްސް)

 

އިތުރު މަޢުލޫމާތު:

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020، މޯލްބައިލް: 7916100

އީމެއިލް:[email protected]

20 އޮގަސްޓް 2026
ހޯދާ