ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް 2 ފައިލް ރެކް ޖެހުން

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓަށް 2 ފައިލްރެކް ޖަހައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 26 ވަނަ ދުވަހުގެ 13:30އަށް ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                   މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ނެއްލައިދޫ / ދިވެހިރާއްޖެ ،ފޯން: 6527005                 

 އީ-މެއިލް: [email protected]

20 އޮގަސްޓް 2026
ހޯދާ