މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ- އެކައުންޓްސް ޑިޕާރޓްމަންޓް/ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެކައުންޓްސް ޑިޕާރޓްމަންޓް /ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

: އަސާސީ މުސާރަ

3،900.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

-  ސާރވިސް އެލަވަންސް: 2،340.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

-  މިނިމަމްވޭޖް އެލަވަންސް:2،964.00 ރުފިޔާ (ބޭސިކް މުސާރާއިގެ %76)

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

ޖީ.ސި.އީ އޯލެވެލް ނިންމާފައިވުން

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ވެހިކަލް ދުއްވުމުގެ ލައިސަންސް އޮވެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

• އިންވޮއިސް، ރަސީދު އަދި ޕޭމަންޓް ވައުޗަރު ފަދަ އަސްލު ލިޔެކިޔުންތައް ބަލައި، ޖެނެރަލް ލެޖަރުގެ ކަމާގުޅޭ އެކައުންޓްތަކަށް ކޯޑުކުރުން.
• ފައިސާ ދައްކަންޖެހޭ އަދި ލިބެންޖެހޭ ފަރާތްތަކުގެ ރެކޯޑުތަކާއި، މުސާރައާއި، ޖެނެރަލް ލެޖަރާ ގުޅުންހުރި މުއާމަލާތްތައް ރެކޯޑުކޮށް، އެކައުންޓިންގ ރެކޯޑުތައް ބަލަހައްޓައި އަދާހަމަކުރުން.
• ބޭންކް ސްޓޭޓްމަންޓްތައް ގަވާއިދުން ތައްޔާރުކޮށް، އެކައުންޓްތަކާ އަޅާކިޔައި ރިކޮންސައިލް ކުރުން.
• މާލީ ރެކޯޑުތަކުގެ ސައްހަކަމާއި ފުރިހަމަކަން ކަށަވަރުކުރުމަށްޓަކައި، ސަބްސިޑިއަރީ ލެޖަރުތަކާއި ކޮންޓްރޯލް އެކައުންޓްތައް އަޅާކިޔައި ރިކޮންސައިލް ކުރުން.
• ކޭޝް ބުކްތައް ރިކޮންސައިލްކޮށް، ހިސާބުތަކަށް ގެންނަންޖެހޭ އުނިއިތުރުތައް ރެކޯޑުކުރުން.
• ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ބަލައި، މުއްދަތު ހަމަވެފައިވާ ބިލްތަކަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގަޑިއަށް ފައިސާ ލިބޭކަން ކަށަވަރުކުރުން.
• ކޭޝް ފްލޯ، މުސާރަ، އަދި ފައިސާ ލިބެންޖެހޭ ފަރާތްތަކާއި ދައްކަންޖެހޭ ފަރާތްތަކުގެ ލެޖަރުތައް ކޮންމެ މަހަކު ރިކޮންސައިލްކޮށް ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ ީ 27 އޮގަސްޓު 2026 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޮގަސްޓް 2026
ހޯދާ