މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ-ކޭޝިއަރިންގ/އެކައުންޓްސް ޑިޕާރޓްމަންޓް/ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ކޭޝިއަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޭޝިއަރިންގ/އެކައުންޓްސް ޑިޕާރޓްމަންޓް/ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ

 އަސާސީ މުސާރަ:3100.00 ރުފިޔާ

ސާރވިސް އެލަވަންސް:1860.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް: 3441.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް އިން 3 މާއްދާއިން (ހިސާބް މާއްދާ ހިމެނޭހެން) ފާސްވެފައިވުން.
  • މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

• އެމް.ޖީ.އޯ، ފެން އަދި ގަނޑުފެން ވިއްކާ މިންވަރު 10 އަށްވުރެ އިތުރުވާނަމަ ބިލް ތައްޔާރުކުރުން.
• މަސްވެރިންގެ އަތުން މަސް ކިރައި، އަދަދުތައް ކަށަވަރުކުރުމަށްފަހު މަސް ގަތްކަމުގެ ރިސީޕްޓް ތައްޔާރުކުރުން.
• މަސް ގަންނަ މިންވަރުގެ ރިޕޯޓް ތައްޔާރުކުރުން.
• ކަލެކްޓަރ އުޅަނދުފަހަރުން ބާލާ މަސް ކިރައި، އަދަދުތައް ކަށަވަރުކުރުމަށްފަހު އޮޕަރޭޝަންސް ޑިޕާޓްމަންޓައް ރިޕޯޓުތައް ހަވާލުކުރުން.
• ކެރިއަރ އުޅަނދުފަހަރަށް ބަރުކުރާ މަސް ކިރައި، އަދަދުތައް ކަށަވަރުކުރުމަށްފަހު އޮޕަރޭޝަންސް ޑިޕާޓްމަންޓާ ރިޕޯޓުތައް ހަވާލުކުރުން.
• ފަރުމަސް ކިރައި، އަދަދުތައް ކަށަވަރުކުރުމަށްފަހު މަސް ގަތްކަމުގެ ރަސީދު ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 27 އޮގަސްޓު 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޮގަސްޓް 2026
ހޯދާ