ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:                       ސްޕޯޓްސް ސުޕަވައިޒަރ

ގިންތި:                       ދާއިމީ

ދާއިރާ:                       ކުޅިވަރު އަދި ކިޔަވައިދިނުމުގެ ދާއިރާ

ބޭނުންވާ އަދަދު:                  1 (އެކެއް)        

ވަޒީފާ އޮތް އޮފީސް:                ތުޅާދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:       ތުޅާދޫ ސްކޫލް ( އެކަޑެމިކް )

ކްލެސިފިކޭޝަން

ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސާރވިސް އެލަވަންސް

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޖީ. އެސް. 4

 

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ:

މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ:

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 

 

 

 

5020.00

 

  

 

 

 1500.00

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ހުރިހާ ދަރިވަރުންނަށް ފައިދާހުރިގޮތެއްގައި ސްކޫލުގެ ކުޅިވަރުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން

- ހުރިހާ ގްރޭޑެއްގެ ޕީ. އީ ސްކީމްތައް ޗެކްކުރުން

- ސްކީމްގައިވާ ސްކިލްސްތަކާއި ހުނަރުތައް ކުރިއަށް ގެންދިއުމުގައި ޓީޗަރުންނަށް އެހީތެރިވެދިނުން

- ޕީ. އީ އަށް ބޭނުންކުރެވޭ ސާމާނުތައް ރަނގަޅަށް ބެލެހެއްޓުމާއެކު، މިތަކެތި ގެންގުޅޭނެ ގޮތާމެދު ޓީޗަރުންނަށް ލަފާދިނުން

- ޕީ. އީ އަށް ބޭނުންވާ ސާމާނުތައް ޓީޗަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން

- ސްކޫލުގެ ދަރިވަރުން ބައިވެރިވާ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުން

- ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލެވޭ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ބައިވެރިކުރުވުން

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން

ހ. - މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަރވިއުކުރުން: ފެބުރުވަރީ 24 އާ 25 އާ ދެމެދު ތުޅާދޫ ސްކޫލުގައި ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

• - މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ ވެބްސައިޓުންނާއި ތުޅާދޫ ސްކޫލް އޮފީހުން) ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައި ކޮޕީގެ އަސްލު)

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައި ކޮޕީގެ އަސްލު)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ތުޅާދޫ ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތުޅާދޫ ސްކޫލުގެ ނަންބަރު 6600136 ފޯނަށް ގުޅުއްވުން އެދެމެވެ. 

09 ފެބުރުވަރީ 2016
ހޯދާ