ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (ޢަރަބި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:                        ޓީޗަރ (ޢަރަބި) 

ބޭނުންވާ އަދަދު:                   02

ވަޒީފާ  އޮތް އޮފީސް:                ތުޅާދޫ ސްކޫލް

ގިންތި:                        ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         ތުޅާދޫ ސްކޫލް ( އެކަޑެމިކް )

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ގްރޭޑަށް ކިޔަވައިދެއްވާ މުދައްރިސުންގެ ކޯޑިނޭޝަން މީޓިންގތަކުގައި ގަވާއިދުން ބައިވެރިވެލެއްވުން

2- ފިލާވަޅު ރޭއްވެވުމާއި ކިޔަވައިދެއްވުމުގެ އެހީ ތައްޔާރު ކުރައްވައި، ލެސަންޕްލޭން އެޕްރޫވް ކުރައްވާ ބޭފުޅެއްގެ އެޕްރޫވަލް ހޯއްދެވުން ( ލީޑިންގ ޓީޗަރ / ގްރޭޑް ކޯޑިނޭޓަރ )

3- ގްރޭޑްތަކަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނަވައިދެއްވުން އަދި ހާސިލުވާންޖެހޭ މިންވަރު ހާސިލުވެއްޖެކަން ކަށަވަރުކުރުން

4- އެ ގްރޭޑެއް ބަލަހައްޓަވަން ހަވާލުވެހުންނަވާ ލީޑިންގ ޓީޗަރ އަންގަވާ ގޮތެއްގެމަތިން ކޯޑިނޭޓަރުގެ އެހީއާއެކު ދިރާސީ އަހަރުގެ ސްކީމް ތައްޔާރުކުރެއްވުން

5- ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ސްކޫލުން ކަނޑައަޅުއްވާ ގޮތްތަކެއްގެ މަތިން އެކިއެކި އެސެސްމަންޓްތައް ހައްދަވައި މެދުކެޑުމެއްނެތި ދަރިވަރުންގެ ކުރިއެރުން ބައްލަވަމުން ގެންދެވުން

6- ކިޔަވައިދެއްވާއިރު ދެނެގަތުމުގެ ހުނަރު (ފެންވަރު) ދަށްކުދިން ފާހަގަކޮށް ގްރޭޑް ލީޑިންގ ޓީޗަރާއި މަޝްވަރާކޮށް އިތުރުއެހީގެ ކްލާސްތައް ހިންގެވުން

7- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާ ފެންވަރު މަތިކުރުން މަސައްކަތްކުރުން

8- ކްލާސްޓީޗަރެއްނަމަ، ހާޒިރީއާއި ރެކޯޑުފޮތް ތައްޔާރުކޮށް ބެލެހެއްޓުން އަދި މާކްސްޝީޓު ތައްޔާރު ކުރައްވައި، ރިޕޯޓްފޮތް ފުރިހަމަ ކުރެއްވުން

9- ކޮންމެ ޕީރިއަޑެއްގައި ކިޔަވައިދެއްވާ ފިލާވަޅުގެ ރެކޯޑު، ރެކޯޑުފޮތުގައި ބަރާބަރަށް ލިޔުއްވަމުން ގެންދެވުން

10- އެކިއެކި އިމްތިޙާންތަކުގެ ޕޭޕަރުތައްޔާރު ކުރައްވައި އިމްތިޙާން ހެދުމުން ކުދިންގެ ޕޭޕަރުތައް މާކްކުރައްވައި ނަތީޖާ ސާފުކޮށް އެނަލައިސިސް ތައްޔާރުކުރުން. އަދި ރިމީޑިއަލް / އެންރިޗްމެންޓް ކްލާސްތައް ނެގުން.

11- ދިމާވާ އަޚުލާޤީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް، މަދުވެގެން 3 ދުވަހުގެ ތެރޭގައި ޙައްލުކުރެއްވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވައި، ބޮޑެތި މައްސަލަތައް ލީޑިންގ ޓީޗަރާއި މަޝްވަރާކުރައްވައި ހައްލުކުރެއްވުން

12- މުދައްރިސަކު ހާޒިރުވެނުލައްވާނަމަ، އެދުވަސްދުވަހު ހަވާލުކުރެވޭ ރިލީފްގަޑިތައް ނެންގެވުން

13- ސްކޫލުގެ ކިޔެވުމާގުޅޭ މަސައްކަތްތައް ތަރައްޤީ ކުރެއްވުމަށް ހިންގޭ އެކިއެކި ޙަރަކާތްތަކުގައި މެނޭޖްމަންޓަށް ފުރިހަމައަށް އެހީތެރިވެދެއްވައި އެއްބާރުލެއްވުން

14- ދީނީ އަދި ޤައުމީ ކަންތައްތަކަށް ކުދިންނަށް ހޭލުންތެރިކަން ލިބޭނޭގޮތުގެ މަތިން ކުދިން ތަރުބިއްޔަތު ކުރުވުން.

15- ދަރިވަރުންގެ މެދުގައި އިޖުތިމާއީ އަދަބުތަކާއި، ޞިއްޙީ ރަނގަޅު އާދަތައް ގެންނެވުމަށް މަސައްކަތްކުރުން.

16- ދަރިވަރުން ތަރުބިއްޔަތުކުރުމަށް މަސައްކަތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

17- ސްކޫލުން ރާއްވަވާފައިވާ ގޮތުގެމަތިން އިތުރު ޙަރަކާތްތައް ހިންގުމަށް އެހީތެރިވެދެއްވުމާއި، ވަކިޙަރަކާތެއް ހިންގެވުމާއި ހަވާލުވެލައްވާފައިވާ ބޭފުޅެއްނަމަ، އެޙަރަކާތްތަކާއި ގުޅޭ ލީޑިންގ ޓީޗަރުގެ ލަފަޔާ އެއްގޮތަށް އެކަން ކުރިއަށް ގެންދެވުން.

18- ދަރިވަރުންގެ ބެލެނިވެރިންނާއި ދޭތެރޭ ރަނގަޅު ގުޅުމެއް ޤާއިމު ކުރެއްވުން.

ޝަރުޠު:

މަޤާމުގެ ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640/-

2,500/-

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320/-

2,500/-

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100/-

2,500/-

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން،ނުވަތަ

9,910/-

2,500/-

  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850/-

2,500/-

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360/-

2,500/-

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890/-

2,500/-

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440/-

2,500/-

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250/-

2,500/-

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840/-

2,500/-

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450/-

2,500/-

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070/-

2,500/-

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން 

އިންޓަރވިއު ކުރުން

ހ. - މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަރވިއުކުރުން: ފެބުރުވަރީ 24 އާ 25 އާ ދެމެދު ތުޅާދޫސްކޫލުގައި. ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

• - މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ ވެބްސައިޓުންނާއި ތުޅާދޫ ސްކޫލް އޮފީހުން) ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ތުޅާދޫސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތުޅާދޫ ސްކޫލްގެ ނަންބަރު 6600136 ފޯނަށް ގުޅުއްވުން އެދެމެވެ. 

09 ފެބުރުވަރީ 2016
ހޯދާ