ކުރިއަށް އޮތް 5 އަހަރުގެ (2027 ން 2031) ތ.ވިލުފުށީގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގެ މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
- ލިންކް: https://forms.gle/MrsAXVYKtFCmPtLY9
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުމަށް ވަކި ޚާއްސަ ޕްރީ ބިޑް މިޓިންގއެއް ނޯންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ 9774004 ނަންބަރު ފޯނާއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
|
ބީލަން ހުށައެޅުން
|
- ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.