ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު |
2 |
މަޤާމުގެ ނަމްބަރު |
188-OD/22/2016/09 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
މަޤާމުގެ ކުލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
ސަރވިސް: |
ޓެކްނިކަލް ސަރވިސް |
އޮފީސް: |
ބ.މާޅޮހު މަދަރުސާ |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
ބ.މާޅޮހު މަދަރުސާ |
މަޤާމުގެ މުސާރަ: |
-/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1- ސްކޫލް ހުޅުވަންޖެހޭ ރަސްމީ ގަޑިތަކުގައި ސްކޫލް ހުޅުވައި ލެއްޕުން. 2- ތަނުގެ އެންޓްރީ ބެލެހެއްޓުން. 3- ހުރިހާ ޔައުމިއްޔާތައް ބެލެހެއްޓުން. 4- ކޮންމެ މުވައްޒަފަކަށް ޕާރސަނަލް ފައިލެއް ހަދައި، އެމުވައްޒަފެއްގެ ލިޔެކިޔުންތައް ބެލެހެއްޓުން. 5- ޗެކު ހެދުމާއި، ޗެކުފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 6- މަސް ނިމުމުން، ކޮންމެ މަހެއްގެ ހާޒިރީ ރިޕޯޓު ހެދުން. 7- ކޮންމެ މަހެއްގެ 17 ގެ ކުރިން މުސާރަޝީޓު ހަދައި ފޮނުވުމާއި، މުވައްޒަފުންނަށް ގަވާއިދުން މުސާރަ ދިނުން. 8- އެކައުންޓާ އެއްގޮތަށް ސްޓޭޓްމަންޓަތައް ހުރިތޯ ބަލައި، މަހަކު އެއްފަހަރު ޗެކުކުރުން. 9- ސްކޫލުގެ އެކައުންޓުތަކާ ގުޅޭގޮތުން ފައިލްކުރަންހުރި ވައުޗަރާއި، ބިލާއި، ރިޕޯޓާއި، އެނޫންވެސް ތަކެތި، ހުއްދަދޭ ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. 10- ސްކޫލުގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުން. 11- މީލާދީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ބަޖެޓް ރިޕޯޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން. 12- ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން. |
މަޤާމުގެ ޝަރުޠުތައް: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ލިޔުންތައް ހުށަހަޅާނީ 2016 ފެބުރުވަރީ 28 ވާ އާދީއްތަދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން، ބ.މާޅޮހު މަދަރުސާގެ އޮފީހަށެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބުސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.) ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
އިންޓަރވިއު އޮންނާނީ، ބ.މާޅޮހު މަދަރުސާގައި އިޢުލާނަށް މުއްދަތު ހަމަވާތާ 5ދުވަހުގެ ތެރޭގައެވެ. އިންޓަރވިއު ބާއްވާނެ ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަޢުލޫމާތު ސާފުކުރުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600020 ނަންބަރު ފޯނާއެވެ. |