ދިވެހިރާއްޖެ
ދ. ބަނޑިދޫގައި ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފެށުމަށް، ކަނޑު ދުއްވުމުގެ އިމްތިހާން ދޭނެ އެގްޒަމިނަރަކު ހޯދަން ބޭނުން ވެއްޖެއެވެ. އެގްޒަމިނަރަކު ހޯދުމުގައި ބަލާނެ ޝަރުތު ތަކަކީ:
1) ނިޔަމި ކަމުގެ ސެޓްފިކެޓް އޮތުން.
2) ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން.
އެގްޒަމިނަރު ހޮވުމުގައި ބަލާނީ ގިނަ ގެޓަގަރީ އޮތުމާއެކު އުޅަނދުފަހަރު ދުއްވުމުގަ މަސައްކަތުގައި ހޭދަކޮށްފައިވާ މުއްދަތަށެވެ. އަދި އެގްޒަމިނަރަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ބޮލަކަށް 25.00ރ (ފަންސަވިސް ރުފިޔާ) އެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ތަކެއްޗާއެކު މިކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ ކުރައްވާނީ[email protected] އަށެވެ. އަދި މެއިލް ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ގުޅުއްވައިގެން މެއިލް ލިބުނުކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.
1) ކަނޑުގެ ލައިސަންސް ފޮތުގެ ސާފުކޮޕީ
2) ނިޔަމި ކަމުގެ ސަނަދުގެ ސާފުކޮޕީ
3) އައި.ޑީ ކާޑްގެ ސާފުކޮޕީ
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
