ދިވެހިރާއްޖެ
(IUL)307/INDIV/2026/44:ނަންބަރު
އާއްމުން ދިރިއުޅޭ ސަރަޙައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުމާއި، ހިނގާ ބިނގާވެ އުޅޭ ފާރާތްތަކަށް ދަތިވާ ގޮތައް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މީގެ އިތުރުން މަގަށްވާ ގޮތައް ހައްދާފައިވާ ގަސްފަދަ ތަކެތި ހުންނަންވާނީ 10 ފޫޓަށް ވުރެ ތިރިނުވާ ގޮތައް ރީތިކޮށް ކޮށާފައެވެ. ވުމާއެކު އިންފާރުން ބޭރަށް މަގުމަތީގައި ދަނޑި، ދަގަނޑު، ހޮޅި ޓިނު ފަދަ ތަކެތި ނެރެފައިވާ ފަރާތްތަކުން މިއަދުން ފެށިގެން 7 ދުވަސް ތެރޭ އެތަކެތި ނެގުމާއި ގަސްފަދަ ތަކެތި 10 ފޫޓުގެ ތިރިއަށް ހުންނަބައި ކޮށާ މަގުމަތި ސާފުކޮށް ދެއްވުމަށް ދަންނަވަމެވެ.
ކަނޑައެޅިފައިވާ ތާރީޙްގައި ނަގާފައިނުވާ ތަކެތި، މަގުމައްޗަށް ދޫކޮށްލާފައި ނުވަތަ ބަހައްޓާފައިވާނަމަ އެތަކެއްޗަކީ ބޭނުންނެތި ދޫކޮށްލަފައިވާ ތަކެތި ކަމަށް ކަނޑައަޅައި ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނާއި ޤަވައިދުގެ ތެރެއިން އެފަދަ ތަކެތި ނެގުމުގެ މަސައްކަތް ޤަވައިދު ނަންބަރ 2013/R-797 ގެ ދަށުން ކުރިއަށް ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
