ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ މުދައްރިސުންގެ ސްޓާފްރޫމަށް ބޭނުންވާ ވޯކްސްޓޭޝަންތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުން
މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް، ށ. ގޮއިދޫ ސްކޫލުގެ މުދައްރިސުންގެ ސްޓާފްރޫމަށް ބޭނުންވާ ވޯކްސްޓޭޝަންތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ އަދި ކުންފުނިތަކުން، 27 އޮގަސްޓް 20226 ވާ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް، މިއިއުލާނާއި އެކު ހީރާސް ކުރެވިފައިވާނެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް މި އިދާރާއަށް ވަޑައިގެންނެވެ. މުއްދަތު ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
# |
ތަން |
ތާރީޚް |
ގަޑި |
|
|
1 |
ބީލަމުގައި ރަޖިސްޓްރީވުމަށް |
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected] އަށް މެއިލް ކުރައްވައިގެންނެވެ. |
20 އޮގަސްޓް 2026 ފެށިގެން 27 އޮގަސްޓް 2026 އަށް |
13:00 އަށް |
|
4 |
ބީލަން ހުށަހެޅުން |
ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
03 ސެޕްޓެމްބަރ 2026 |
13:00 އަށް |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 ރަބީއުލްއަވަލް 1448
19 އޮގަސްޓް 2026
