މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފް މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް (އެމް.ޑީ.އެކްސް) ޕްލެޓްޕޯމް، އިންކްލޫޑިންގ ޕްރޮވިޝަން، ކަސްޓަމައިޒޭޝަން، އިމްޕްލިމެންޓޭޝަން، އެންޑް އިންޓިގްރޭޝަނ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު 

 

ޕްރޮޖެކްޓް ނަންބަރު: TES/2026/G-010

 

ޕްރޮކިއުމަންޓް އޮފް މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް (އެމް.ޑީ.އެކްސް) ޕްލެޓްޕޯމް، އިންކްލޫޑިންގ ޕްރޮވިޝަން، ކަސްޓަމައިޒޭޝަން، އިމްޕްލިމެންޓޭޝަން، އެންޑް އިންޓިގްރޭޝަން

 

 

ޕްރޮޖެކްޓުނަން: ޑިޖިޓަލްމޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040

ގްރާންޓް ނަންބަރު: E047-MV 

ރިފަރެންސް ނަންބަރު: MV-MoECCT-DMADD-528844-GO-RFB

  1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓުގެ ކޮމްޕޯނެންޓް 3 ގެ  ދަށުން "ޕްރޮކިއުމަންޓް އޮފް މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް (އެމް.ޑީ.އެކްސް) ޕްލެޓްފޯރމް އިންކްލޫޑިންގ ޕްރޮވިޝަން، ކަސްޓަމައިޒޭޝަން، އިމްޕްލިމެންޓޭޝަން އެންޑް އިންޓެގްރޭޝަން" ގެ މަސައްކަތް، ކުރުމަށް ވަނީ ހަމަޖެހިފައެވެ.
  2. ވީމާ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ގެ ބޭނުމަށް "ޕްރޮކިއިމަންޓް އޮފް މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް (އެމް.ޑީ.އެކްސް) ޕްލެޓްފޯރމް އިންކްލޫޑިންގ ޕްރޮވިޝަން ، ކަސްޓަމައިޒޭޝަން، އިމްޕްލިމެންޓޭޝަން އެންޑް އިންޓެގްރޭޝަން" ގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް  ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  3. މި މަސައްކަތައް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް އައި.ޕީ.އެފް ލޯނު ނަގާ ފަރާތްތަކުގެ ގަވާއިދުތައް" ހަތްވަނަ އެޑިޝަން- ސެޕްޓެމްބަރ 2025 ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް") އަދި ޕްރޮކިއުމަންޓް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  4. މިޕްރޮޖެކްޓަށް ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަން ކުރާނީ ޕްރޮޕޯސަލް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ޕްރޮޕޯސަލް ވަޒަންކުރުމުގެ މިންގަނޑުތަކާއި ރޭޓެޑް ކްރައިޓީރިއާ (ޓެކްނިކަލް 70%  އަދި އަގަށް 30%)  ބޭނުން ކޮށްގެނެވެ.
  5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2026  އޮގަސްޓު 19އިން 2026 ސެޕްޓެންބަރު 29އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ޕްރޮޕޯސަލްއާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

6. މި ޕްރޮޖެކްޓުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލްގެ ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

7. ޕްރޮޖެކްޓްގެ ޕްރީ ޕްރޮޕޯސަލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ރިކުއެސްޓް ފޯ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާނެއެވެ.

8. ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 1 އޮކްޓޫބަރު 2026 ވާ ބުރާސްފަތި 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. މިޕްރޮޖެކްޓުގެ ޕްރޮޕޯސަލް ސެޔުރިޓީގެ ގޮތުގައި   7,500.00/-ޔޫ.އެސް.ޑޮލަރ (ހަތް ހާސް ފަސްސަތޭކަ ޔޫ.އެސް ޑޮލަރ) ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ޕްރޮޕޯސަލް ހުޅުވާ ތާރީޚުން ފެށިގެން 180 ދުވަހެވެ.

10. ވޯރލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ދަށުން ކުރިޔަށްގެންދާ ޕްރޮކިއުމަންޓްތަކުގައި، ކޮންޓްރެކްޓް އެވޯޑް ނޯޓިސްގެ ބައެއްގެ ގޮތުގައި، ކޮންޓްރެކްޓް އެވޯރޑްވާ ފަރާތުގެ 'ބެނިފިޝަލް އޯނަރޝިޕް (Beneficial Ownership)' އާ ގުޅޭ މަޢުލޫމާތު ހާމަކުރުން ލާޒިމްވެއެވެ. މި މައުލޫމާތު ހުށަހަޅާންވާނީ 'ރިކުއެސަޓް ފޮރ ޕްރޮޕޯސަލް' ގައި ހިމެނޭ 'ބެނިފިޝަލް އޯނަރޝިޕް ޑިސްކްލޯޝަރ ފޯމު' ބޭނުން ކޮށްގެންނެވެ. ކުރާނެއެވެ.

11. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޑިރެކްޓަރ ޖެނެރަލް، ނޭޝަނަލް ޕްރޮކިއުމަންޓް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން  : 3349115 960+ ،3349106 960+ ،3349147 960+

އީމެއިލް : [email protected]

ކޮޕީ  : [email protected]

19 އޮގަސްޓް 2026
ހޯދާ