ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އާއުސޫލް އާންމުކޮށް މިހާރު ދޫކޮށްފައިވާ ދަނޑުތަކުގެ އެއްބަސްވުން އާކުރުމާއި ގުޅޭ

ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އާއުސޫލް އާންމުކޮށް މިހާރު ދޫކޮށްފައިވާ ދަނޑުތަކުގެ އެއްބަސްވުން އާކުރުމާއި ގުޅޭ

"ދ.މީދޫއިން ދަނޑުބިން ދޫކުރުމާގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ އުޞޫލު" މި އިޢުލާނާއި އެކު އާއްމު ކުރީމެވެ. ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އެބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާތީ، އެއްބަސްވުންތައް އައުކުރުމަށްޓަކައި ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އެއްބަސްވުން އައުކުރަން ބޭނުންވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހު ގެ މެންދުރު 12:00 ގެ ކުރިން ނަންނޯޓު ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި އެއްބަސްވުން އައުކުރުމަށް ނަންނޯޓު ނުކުރާ ފަރާތްތަކުން އެއްބަސްވުން ބާޠިލުކުރެވޭނެ ވާހަކަ ދަންނަވާލަމެވެ.

ނޯޓް:

  • އެއްބަސްވުން އައުކުރުމަށް ނަންނޯޓު ކުރުމަށްޓަކައި، މި އިދާރާގެ ވައިބާރ ނަންބަރު 7730042 އަށް މެސެޖު ކުރެއްވުން އެދެމެވެ.
  • ނަންނޯޓު ކުރުމަށް މެސެޖު ކުރައްވާއިރު ތިރީގާއިވާ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ފޮނުއްވުން އެދެމެވެ.
  1. ދަނޑުބިން ދޫކުރެވިފައިވާ ގޭބީސީ
  2. ދަނޑުބިން ދޫކުރެވިފައިވާ ފަރާތުގެ ފުރިހަމަނަން
  3. ފޯނު ނަންބަރު
  4. ދަނޑުބިމުގެ ނަންބަރު

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2026
ހޯދާ