ދިވެހިރާއްޖެ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އަށް ބޭނުންވާ ބައެއް އައި.ޓީ އިކުއިޕްމަންޓްތައް ސަޕްލައިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)88-PRO/88/2026/142 އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތަކުގެ އަގުތަކަކީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގުތަކަކަށްވާތީ، އެބިޑުތައް ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.
|
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
|
ބީލަން ހުށަހެޅުން/ހުޅުވުން |
31 އޮގަސްޓް 2026 (ހޯމަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
